logo
Bank of Maldives

Bank of Maldives

ޚަބަރު

މަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު މިއަދުން ފެށިގެން ބަންދުކުރަނީ

އާމިނަތު ޝަފާ
18 އޯގަސްޓު 2025 - 04:06
މަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު މިއަދުން ފެށިގެން ބަންދުކުރަނީ

ބޮޑުތަކުރުފާނުމަގު ހެދުމުގެ މަސައްކަތް ކުރުމަށް އެމްއެމްއޭ ކައިރިން އެ މަގުގެ އެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގެ ފަޅު ވެސް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ސަރަހައްދު ބަންދުކުރާނީ މިއަދުން ފެށިގެން އޮކްޓޯބަރުމަހުގެ 13 ގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަންދުކުރާ ސަރަހައްދުގެ ތެރޭގައި ހިމެނެނީ ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށެވެ. އަދި ބާރު ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގުވެސް ޓްރެފިކަށް ބަންދުކުރާނެ ކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން މަގު ތަރައްގީ ކުރާނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށެވެ. ލޭނު އިތުރު ކުރުމަށްޓަކައި ޝީޓްޕައިލްކޮށް ފަޅުން ބައެއް ހިއްކާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މިއަދުން ފެށިގެން މި ސަރަހައްދު ބަންދުވާނެތީ އެކަން އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ކައުންސިލުން ވަނީ ގެނެސްފައެވެ.

މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް އަލުން ހެދުމުގެ ބޮޑު ޕްރޮޖެކްޓެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް ފެށުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޗައިނާގެ ކޮންސަލްޓަންޓުންގެ ޓީމެއް ރާއްޖެ އައިސް ވަނީ މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ބަލައި، ފީސިބިލިޓީ މަރުހަލާ ފަށައިފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ އާއި ވިލިމާލޭގައި އާއްމުކޮށް ފެންނާނެ ގޮތަށް ގޭގެ ނަންބޯޑު ހަރުކުރަން އަންގައިފިޚަބަރު | 4 ގަޑިއިރު ކުރިންމަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު މިއަދުން ފެށިގެން ބަންދުކުރަނީ ޚަބަރު | 2 މަސް ކުރިން 25 އަހަރުގެ ތަޖުރިބާއާއެކު ވަޑައިގެންނެވި މޭޔަރަށް އޮޑިޓްކުރަންޖެހޭކަންވެސް ނޭނގެނީތޯ؟ރިޕޯޓް | 3 މަސް ކުރިންއޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަނީ ޚަބަރު | 3 މަސް ކުރިން