މާލޭ ސިޓީކައުންސިލުން ރައްޔިތުންގެ ބައްދަލުވުންތަކަށް 1.1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފި
18 އޯގަސްޓު 2026 - 04:29

މާލެ ސިޓީ ކައުންސިލުން މިއަހަރު ބޭއްވި ރައްޔިތުންގެ ދެ ބައްދަލުވުމަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މި ބައްދަލުވުންތަކަށް ބޮޑު ރަސްމިއްޔާތެއް ބާއްވާ ގޮތަށް ހޯލު ޒީނަތްތެރިކޮށް، ބޮޑު ހަރަދެއް ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސިޓީ ކައުންސިލަށް އަމާޒުވެފަ އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމުންގެ މީހަކު ހޯދި މިއުލޫމާތުން އެނގޭ ގޮތުން ފެބްރުއަރީ މަހު ބޭއްވި ފުރަތަމަ ބައްދަލުވުމަށް 567،839 ރުފިޔާ ހަރަދުވެފައިވާއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އިވެންޓް މެނޭޖްމަންޓަށާއި ވީޑިއޯ ޕްރެޒެންޓޭޝަނަށެވެ. އެގޮތުން ފުރަތަމަ ބައްދަލުވުމުގެ އިވެންޓް މެނޭޖްމަންޓަށް ބިޑުކޮށްގެން 360،000 ރުފިޔާ ހަރަދުކޮށްފައިވާއިރު، ވީޑިއޯ ޕްރެޒެންޓޭޝަނަކަށް 135،000 ރުފިޔާ އަދި ޓީވީ ލައިވް ކުރުމަށް 34،607 ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ބެނާ ޕްރިންޓުކުރުމަށް 30،024 ރުފިޔާ އަދި ފޮތް ޕްރިންޓުކުރުމަށް 8،205 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

Ad by Hajj Corporation
އޭގެ ފަސް މަސް ފަހުން ޖުލައި މަހު ބޭއްވި ދެވަނަ ބައްދަލުވުމަށް 585،137 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ ބައްދަލުވުމުގެ އިވެންޓް މެނޭޖްމަންޓަށް ވެސް 360،000 ރުފިޔާ ހަރަދުކޮށްފައިވާއިރު، ސިންގަލް ސޯސްކޮށް ހަވާލުކުރި ވީޑިއޯ ޕްރެޒެންޓޭޝަނަށް 129،600 ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ބެނާ ޕްރިންޓުކުރުމަށް 34،992 ރުފިޔާ، ޓީވީ ލައިވް ކުރުމަށް 34،607 ރުފިޔާ، ފޮޓޯގްރަފަރަކާއި ވީޑިއޯގްރަފަރަކަށް 18،000 ރުފިޔާ، ބެނާ ދެމުމަށް 5،702 ރުފިޔާ، އަދި ފޮތް ޕްރިންޓުކުރުމަށް 2،235 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ މަސައްކަތްތަކަށް އާންމުންގެ ހިޔާލު ހޯދުމަށް ކޮންމެ އަހަރަކު ދެ ބައްދަލުވުން ބޭއްވުން ލާޒިމްކުރެ އެވެ.

-01.jpg&w=3840&q=75)
