logo
ޚަބަރު

މަސްވެރިކަމުގެ ދާއިރާއިން ކިޔެވުމަށް ރަނުގެ ފުރުޞަތެއް

އަޙްމަދު ޒަލީފް
18 އޯގަސްޓު 2025 - 17:19
މަސްވެރިކަމުގެ ދާއިރާއިން ކިޔެވުމަށް ރަނުގެ ފުރުޞަތެއް

މަސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ހަތަރު ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވާލި ފުރުސަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސްކޮލާޝިޕްތަކުގެ ދަށުން ހޮވޭ ފަރާތްތަކަށް ކޯސް ފީގެ އިތުރުން، ފޮތްތަކަށް ދެވޭ އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ދަތުރު އެލަވަންސް އަދި މަހު އެލަވަންސް ލިބިގެންދާނެއެވެ. ނަމަވެސް ކޯސް ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގައި ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.

މި ފުރުސަތުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2025 ސެޕްޓެމްބަރ 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. އެޕްލިކޭޝަން ހުށަހަޅަންވާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށެވެ.

މާސްޓާސް ޑިގްރީ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ކޯހުގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ދެ އަހަރުގެ މަސައްކަތު ތަޖުރިބާ ހުންނަންވާނެއެވެ. ބެޗްލާސް ޑިގްރީ ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ޖީ.ސީ.އީ އޯލެވެލްގެ 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް އަދި އޭލެވެލްގެ 3 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައި ހުންނަންވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާން މަސްވެރިން އުފައްދަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 18 ގަޑިއިރު ކުރިންމަހަށް ނިކުތް ދޯނިތަކުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެޚަބަރު | 3 ދުވަސް ކުރިންމިފްކޯއިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފިޚަބަރު | 4 ދުވަސް ކުރިންނޮވެމްބަރުން ފެށިގެން، ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލަނީޚަބަރު | 8 ދުވަސް ކުރިން