logo
Bank of Maldives

Bank of Maldives

ޚަބަރު

ނޮވެމްބަރުން ފެށިގެން، ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލަނީ

ޢައްފާން މުޙައްމަދު
26 އޯގަސްޓު 2025 - 18:31
ނޮވެމްބަރުން ފެށިގެން، ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލަނީ

މި އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަދޭން ނިންމައި، އެކަމަށް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިކަން ހާމަކުރެއްވީ، ހދ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކުޅުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީޣެ އަހަރުތަކެއް ކުރިން، ކުޅުދުއްފުށި ރައްޔިތުން ގެންދިޔައީ ކަށިމިޔަރުގެ މަސްވެރިކަން ވަރަށް ރަނގަޅަށް ކުރަމުންކަމާއި އެކަމުން ރަނގަޅު އާމްދަނީއެއް ވެސް އެ ރައްޔިތުން ހޯދަމުން ގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ގަވައިދުތަކަށް ގެނެވުނު ބަދަލުތަކާއި އެހެނިހެން ބައެއް ސަބަބުތަކާއެކު އެ މަސައްކަތް ކުރުން ހުއްޓާލަން ޖެހުނުކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މަތީފަންތީގެ މަޝްވަރާތަކަކަށްފަހު، އެކަން ކުރަން ހުޅުވާލަން ނިންމަވާފައިވާ ކަމަށެވެ.

މި ސިޓީގެ ރައްޔިތުންނަކީ ހާއްސަކޮށް، މީގެކުރީގެ ދުވަސްތަކެއްގައި، މީގެކުރީގެ ޒަމާނެއްގައި،ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް. ވަރަށް ބޮޑު އާމްދަނީއެއް އެކަމުން ލިބެމުންދިޔަ. ނަމަވެސް ގަވައިދުތަކަށް ގެނެވުނު ބަދަލުތަކާއި، އެހެނިހެން ބައެއް ސަބަބުތަކާ ހެދި އެކަން ވަނީ ހުއްޓިފައި. އަޅުގަނޑުމެން މިހާރު، ފިޝަރީޒް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީއާ، އަދި ގަވައިދުތަކާ އެއްޗެހި ބަލައި، ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން އަދި ކުރަމުން އެބަދޭ. މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓުކޮށް ނިމިއްޖެ. އެހެންވީމާ މި ޕްލޭންގެ ދަށުން، 1 ނޮވެމްބަރުން ފެށިގެން، ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން، ކަށިމިޔަރުގެ މަސްވެރިކަމުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވުނީކަން ފާހަގަކުރައްވައި ރައީސް ވަނީ، އެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް ގޮވައިލައްވާފައެވެ.

GzS0mCuasAAfmVM.jpeg

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

 

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖޭގައި ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓިގެންދިޔައީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާއެކުގައެވެ. ރާއްޖޭގައި ތިން ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެކުރިން ކޮށްފައިވެއެވެ. އެއީ، ކަނޑު މިޔަރުގެ މަސްވެރިކަމާއި ފަރު މިޔަރުގެ މަސްވެރިކަމުގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަމެވެ.

ރާއްޖޭގައި ހުރިހާ ބާވަތެއްގެ މިޔަރު ހިފުމާއި ގޯނާކުރުން މަނާކޮށްފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ.

މިޔަރުގެ މަސްވެރިކަން ކުރުން، ދިރާސާތަކަށް ރިއާޔަތްކޮށް މަނާކޮށްފައިވާއިރު، މިޔަރު ގިނަވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ބުނެ މަސްވެރިން ކަންބޮޑުވުން ފާޅުކުރާކަން ފާހަގަކޮށްލެވެއެވެ. ރައީސްގެ މި ނިންމެވުމާއެކު، މަސްވެރިންގެ މި ކަންބޮޑުވުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާނައިގެ އަތުލިޔުމުގެ މުބާރާތް ހައިބަތު ބޮޑު ގައުމީ މުބާރާތަކަށް ހަދަނީޚަބަރު | 16 މިނިޓު ކުރިންދިވެހި ފޮތް ޗާޕުކުރުމަށް ސަރުކާރުން ލުއިގޮތްތަކެއް ހަމަޖައްސައިދޭނަން: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބާއްވަނީޚަބަރު | 4 ގަޑިއިރު ކުރިންރައިސް، ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާޚަބަރު | ދުވަހެއް ކުރިން