logo
Bank of Maldives

Bank of Maldives

ޚަބަރު

މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި

އާމިނަތު ޝަފާ
20 އޯގަސްޓު 2025 - 15:49
މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގަން  އެއްބަސްވުމެއްގައި ސޮއިކޮށްފި

އއ. މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އއ. މަތިވެރިއަށް ވަޑައިގެން, ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ  ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލް މުހައިމިންއެވެ.

މި މަޝްރޫއުގެ ދަށުން މަތިވެރީގައި ހަދާ އެއާޕޯޓަށް އިންވެސްޓްކޮށް, ޑިޒައިންކޮށް, ތަރައްގީކޮށް އޮޕަރޭޓް ކުރާނީ އެމްއޭސީއެލް އިންނެވެ. އަދި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާއިރު މަތިވެރި ރައްޔިތުންނަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ހަމަޖެހިފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ, މަތިވެރީގައި އެއާޕޯޓެއް ހެދުމަކީ އެ މަނިކުފާނުގެ ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ. މި އެއާޕޯޓަކީ 100 ޕަސެންޓް ފުރިހަމައަށް ދެކޮޅު ޖެހޭނެ އެއާޕޯޓެއް ކަމަށާއި އެއާޕޯޓުގެ ސަބަބުން މަތިވެރިއަށާއި މުޅި އަތޮޅަށާއި އަދި ޖުމުލަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ފައިދާ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ މަތިވެރި އެއާޕޯޓް މަޝްރޫއު ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވާނެކަމުގެ ޔަގީންކަންވެސް މަތިވެރީގެ ރައްޔިތުންނަށް ދެއްވައިފައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި އިރު, މަޝްރޫއުގެ ސާވޭގެ މަސައްކަތް އެމްއޭސީއެލް އިން މިހާރު ވަނީ ފަށައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާދެއްވައިފިޚަބަރު | 5 ގަޑިއިރު ކުރިންމަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 8 މަސް ކުރިން