logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާދެއްވައިފި

ޒިދާން މުޙައްމަދު
30 އޭޕްރީލު 2026 - 18:40
އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާދެއްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުން މުހައްމަދު ލަމްއާން އިސްތިއުފާ ދެއްވައިފިއެވެ.

މުޙައްމަދު ލަމްއާން އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ އިސްތިއުފާދެއްވުމާ ގުޅިގެން އެމްއޭސީއެލްއިން ވަނީ، މުޙަންމަދު ލަމްއާންގެ އިޚްލާޞްތެރި ލީޑާޝިޕަށާއި، އެ ކުންފުނީގެ ކުރިއެރުމަށް ގެންގުޅުއްވި ތަޞައްވުރަށް ޝުކުރު އަދާކޮށްފައެވެ. އޭނާގެ މޭސްގެރިކަމުގެ ދަށުން ގެނެސްދެއްވި ހެޔޮ ބަދަލުތަކާއި ހަރުދަނާ އިރުޝާދުގެ ސަބަބުން ވަރަށް މުހިންމު އަދި ދެމެހެއްޓެނިވި އަސަރު ފޯރާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ކުރިއަށް އޮތް ޗެޕްޓަރުގައި ތިޔަބޭފުޅުންނަށް ކާމިޔާބީއަށް އެދެމެވެ.

ލަމްއާން މަގާމުން އިސްތިއުފާ ދެއްވުމުން އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައި ދެން ހުންނަވާނީ މުޖްތަބާ ލަތީފް އެކަންޏެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ލަމްއާން އައްޔަނު ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

ލަމްއާން ވަނީ މީގެކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންމަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 8 މަސް ކުރިން