logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފުޓްބޯޅައިގެ އަލިމަސް ޔޫބީލުގެ ލޯގޯއާއި ބްރޭންޑިން ފަރުމާކުރުމަށް ހުޅުވާލައިފި

އާމިނަތު ޝަފާ
20 އޯގަސްޓު 2025 - 16:42
ސާފްޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތެރެއިން// ފޮޓޯ: ދައުރު
ސާފްޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތެރެއިން// ފޮޓޯ: ދައުރު

ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުޅޭތާ 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި، މި މުނާސަބަތު ފާހަގަ ކުރުމަށް އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، އެކިއެކި ހަރަކާތްތަކާއި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ލޯގޯ އާއި ބްރޭންޑިން ފަރުމާކުރަން ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ - އެފްއޭމްއިން ހުޅުވާލައިފިއެވެ.

ބްރޭންޑް ފަރުމާކުރުމަށްފަހު ހުށަހަޅަންޖެހޭ ތަކެތި:
Ad by Hajj Corporation

Ad by Hajj Corporation

ލޯގޯ

ކަލާ ޕެލެޓް

ޓައިޕޯގްރަފީ

ތަކެތި ބޭނުންކުރާނެ ގޮތުގެ ގައިޑްލައިން

 

އެފްއޭއެމްގެ އިއުލާނުގައި ބުނީ މި ބްރޭންޑިން އާއި ލޯގޯ ތައްޔާރުކުރަންވާނީ ރަތް، ނޫ، ރީނދޫ، އަދި ފެހި ކުލަ ހިމަނައިގެން ކަމަށެވެ. ފަރުމާކުރެވޭ ލޯގޯއަކީ ދިވެހި ފުޓްބޯޅައިގެ މާޒީ ރަމްޒުކޮށްދޭފަދަ އަމިއްލަވަންތަ ލޯގޯއަކަށް ވާންވާނެކަމަށާއި ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެކަމަށް ބުނެފައިވެއެވެ. ލޯގޯއަކީ އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންކަމަށް ބުނެފައިވެއެވެ.

Screenshot 2025-08-20 215623.png

 

ބްރޭންޑިން އާއި ލޯގޯ ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 27 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން އެފްއޭއެމްގެ މައި އޮފީހަށެވެ.

އެއްވަނަ ހޮވުމުގައި ބަލާނެ މިންގަނޑު:
  • އަމިއްލަވަންތަކަން ހިމެނޭ މިންވަރު - ފަންސަވީސް ޕަސަންޓު  
  • ފަރުމާގެ ފުރިހަމަކަން - ފަންސާސް ޕަސަންޓު  
  • ދިވެހި ފުޓްބޯޅައިގެ މާޒީ ދައްކުވައިދީފައިވާ މިންވަރު - ފަނަރަ ޕަސަންޓު.   
  • ތަޖުރިބާ - ދިހަ ޕަސަންޓު.    

 

އެއްވަނަ ބްރޭންޑިން އާއި ލޯގޯ ހުށަހަޅާ ފަރާތަކަށް ފައިސާގެ އިނާމްގެ ގޮތުގައި 15،000 ރުފިޔާ ދެވޭނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަހިބަދޫގައި ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީ ކޯހެއް ފަށަނީޚަބަރު | 19 ގަޑިއިރު ކުރިންއިތުރު އެހެން މައްސަލަ އެއްގައި ބައްސާމް މިއަދު ކޯޓަށް ހާޒިރު ކުރަނީޚަބަރު | 8 ދުވަސް ކުރިންގައުމީ ޓީމުގެ ކޯޗުކަން މޯހަން އަށްކުޅިވަރު | 2 މަސް ކުރިންފުޓްބޯޅައިގެ އަލިމަސް ޔޫބީލުގެ ލޯގޯއާއި ބްރޭންޑިން ފަރުމާކުރުމަށް ހުޅުވާލައިފި ކުޅިވަރު | 2 މަސް ކުރިން