logo
Bank of Maldives

Bank of Maldives

ޚަބަރު

އިތުރު އެހެން މައްސަލަ އެއްގައި ބައްސާމް މިއަދު ކޯޓަށް ހާޒިރު ކުރަނީ

އައިޝަތު ނަޝާ
12 އޮކްޓޯބަރު 2025 - 17:17
އިތުރު އެހެން މައްސަލަ އެއްގައި ބައްސާމް މިއަދު  ކޯޓަށް ހާޒިރު ކުރަނީ

ޚިޔާނާތުގެ ދައުވާއެއް ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެހެން މައްސަލައެއްގައި މިއަދު ކޯޓަށް ހާޒިރު ކުރަން ތާވަލުކޮށްފިއެވެ.

ބައްސާމް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ތާވަލް ކޮށްފައިވަނީ މެންދުރު އެކެއް ޖަހާއިރުއެވެ. މިއީ ހުކުމް ކުރި ފަހުން ބައްސާމް ކޯޓަށް ގެންނަ ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. މިއަދަށް ތާވަލުކޮށްފައިވާ މައްސަލައަކީ، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1,200,000 ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ މައްސަލައާއި އެ މައްސަލައާއި ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެވެ. މި ދެ މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރު އޮތީ ކްރިމިނަލް ކޯޓުގައި ފެށިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު އޮންނަ ދެ މައްސަލައިގެ ތެރެއިން، ޚިޔާނާތުގެ މައްސަލަ ސާބިތުވެއްޖެނަމަ، ބައްސާމްގެ މައްޗަށް މަދުވެގެން އިތުރު އެއް އަހަރާއި ހަތް މަހުގެ ހުކުމެއް އަންނާނެއެވެ. އަދި މަނީ ލޯންޑްރިންގެ މައްސަލަ ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް ވެސް އަންނާނެއެވެ.ބައްސާމްއާއެކު އެފްއޭއެމްގައި އުޅުނު އެހެން ދެ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންވެސް މިއަދަށް ވަނީ ތާވަލުކޮށްފައެވެ.

މިދިޔަ ހަފްތާ ބައްސާމަށް ވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވީ މައްސަލަ ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 18 ދުވަސް ކުރިންބައްސާމަށް އިއްވި 4 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފިޚަބަރު | 2 މަސް ކުރިންސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ ކުޅިވަރު | 3 މަސް ކުރިންފަލަސްތީނު ގައުމީ ޓީމުގެ ހުރިހާ ޚަރަދުތަކާއި އިންތިޒާމްތައް ދިވެހި ސަރުކާރުން ހަމަޖައްސާދެނީ ކުޅިވަރު | 4 މަސް ކުރިން