logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ރައީސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ފެބްރުއަރީ 2026 - 06:11
ރައީސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު  ޝަރަފްވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި ފައިނަލް މެޗުގައި ވާދަކުރީ އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މެޗު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޓީމުގެ ކުޅުންތެރިންނާއި މެޗުގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުން މާޒިޔާ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.

455184_d7617d7e-0_.jpg

ރައީސް ޕްރެޒިޓެންޓްސް ކަޕް ފައިނަލް ޝަރަފްވެރިކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

 

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. މެޗު ފަށައިގެން 4 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ޖަހައިދިން ލަނޑުން މާޒިޔާ އިން ލީޑު ނެގި ނަމަވެސް، އޭގެ 10 މިނެޓު ފަހުން އޮޑީގެ އިނގިރޭސި ފޯވާޑް ކިއާނޫ މާޝް-ބްރައުން ފޮނުވާލި ބޯޅައެއް މާޒިޔާ ކުޅުންތެރިއެއްގެ ފައިގައި ޖެހި ބައިކޮޅަށް ވަދެ އޮޑިން ނަތީޖާ އެއްވަރުކުރިއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މާޒިޔާގެ އިބްރާހީމް އައިސަމް އާއި އަހުމަދު އައިހަމް ފޮނުވާލި ޕެނަލްޓީތައް ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މީގެ އިތުރުން މާޒިޔާގެ ހުސެއިން ސިފާއު (ކުރޯ) ފޮނުވާލި ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ.

455200_6b68552f-c_.jpg

ރައީސް ޕްރެޒިޓެންޓްސް ކަޕް ފައިނަލް ޝަރަފްވެރިކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

 

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އޮޑި ސްޕޯޓްސް ކްލަބުގެ އުމުރުން 18 އަހަރުގެ އަހްޒަމް ރަޝީދެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

މިއީ 1946 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ އެއް މުބާރާތް އަދި ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގައި 80 އަހަރުގެ ދިގު މާޒީއެއް އޮތް ޝަރަފުވެރި މުބާރާތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންދިހަ ވަޒީރެއް އިސްތިއުފާ ދެއްވައިފިޚަބަރު | 10 ގަޑިއިރު ކުރިންކެބިނެޓަށް ބޮޑު ބަދަލެއްޚަބަރު | 12 ގަޑިއިރު ކުރިންދުންފުހުގެ އަސަރު ކުރުމުގެ ކުރިން އެކަން ރައްޔިތުންނަށް އެނގޭނެ: ވަޒީރު ތޯރިގުޚަބަރު | 13 ގަޑިއިރު ކުރިން