ބައްސާމަށް އިއްވި 4 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި
18 ޖެނުއަރީ 2026 - 10:41
.jpeg&w=3840&q=75)
ހިޔާނާތުގެ ކުށް ސާބިތުވެ، ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމްގެ މައްސަލަ ބައްސާމްގެ ފަރާތުން އިސްތިއުނާފުކޮށްފިއެވެ.
ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައަކީ، ބައްސާމް 2016 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުގައި ހުރެ، އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުން ކުރި މައްސަލައެވެ.

Ad by Hajj Corporation
އެ މައްސަލައިގައި ހިޔާނާތުގެ ކުށް ސާބިތުވެ ކުރީ ހަތަރު އަހަރުގެ ހުކުމެކެވެ.
އެ މައްސަލައިގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު 154،000 ރުފިޔާއިން ބައްސާމް ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.
ބައްސާމްގެ މައްޗަށް ފަހުން އިއްވީ ދެ މައްސަލައެއްގައި 23 އަހަރުގެ ހުކުމެކެވެ. އެއީ، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ޚިޔާނާތްވި މައްސަލާގައެވެ.


