logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގައުމީ ޓީމުގެ ކޯޗުކަން މޯހަން އަށް

އާމިނަތު ޝަފާ
21 އޯގަސްޓު 2025 - 14:49
ކޯޗު މޯހަން// ފޮޓޯ: އަދަދު
ކޯޗު މޯހަން// ފޮޓޯ: އަދަދު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފިއެވެ.

މޯހަން އަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ތަށި ހޯދައިދިން ޓީމުގެ އެސިސްޓެންޓް ކޯޗެވެ.

ދިވެހި ފުޓުބޯޅައަށް މޯހަން ހޯދައިދިން ކާމިޔާބީތަކުގެ ތެރޭގައި ކުލަބު ނިއުރޭޑިއަންޓަށް ކޯޗުކޮށްދީ އެ ކުލަބަށް ދިވެހި ޕްރެމިއާ ލީގާއި ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދީފައިވެއެވެ. އަދި ކުލަބު އީގަލްސް އަށް ކޯޗުކޮށްދީ އެ ކުލަބަށް ޗެރިޓީ ޝީލްޑެއް ވެސް ކާމިޔާބުކޮށްދީފައިވެއެވެ.

މޯހަން މިހާރު ހުރީ އީގަލްސްގެ ކޯޗުކަމުގައެވެ.

އެފްއޭއެމުން ބުނީ މޯހަން އަށް ގައުމީ ކޯޗުކަންދިނީ އަންނަ މަހު ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކަށާއި ކުރިއަށްއޮތް އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކާއެކު އަންނަ ނޮވެމްބަރު މަހާ ހަމައަށް ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގައި އެންމެ ފަހުން ހަވާލުވެ ހުރީ ފުޓްބޯޅަ އަށް 75 އަހަރު ފުރޭ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާމަން ކޯޗު އަލީ ސުޒޭންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނު ގައުމީ ޓީމުގެ ހުރިހާ ޚަރަދުތަކާއި އިންތިޒާމްތައް ދިވެހި ސަރުކާރުން ހަމަޖައްސާދެނީ ކުޅިވަރު | މަހެއް ކުރިންބައްސާމު އަށް އިތުރު 5 އަހަރު ގެ ޖަލު ހުކުމެއްޚަބަރު | މަހެއް ކުރިންފީފާގެ ރައީސް ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފިޚަބަރު | މަހެއް ކުރިންމުޅި ރާއްޖެއަށް ހުޅުވާލައިގެން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެވޭ ގޮތަށްފަށާ މުބާރާތް އަންނަ މަހުގައި ފަށަނީކުޅިވަރު | މަހެއް ކުރިން