logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިޓަލީ އާއި އިސްރާއީލް މެޗާ ދެކޮޅަށް އިޓަލީގެ ކޯޗުން ނިކުމެއްޖެ

އަބްދުﷲ ޣާނިމް
21 އޯގަސްޓު 2025 - 03:21
އިސްރާއީލާއި އިޓަލީ މީގެކުރިން ވާދަކުރި މެޗުގެ ތެރެއިން
އިސްރާއީލާއި އިޓަލީ މީގެކުރިން ވާދަކުރި މެޗުގެ ތެރެއިން

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގ ތެރެއިން އިޒްރޭލާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ދެ މެޗު ހުއްޓާލުމަށް އިޓަލީގެ ފުޓްބޯޅަ ކޯޗުންގެ އެސޯސިއޭޝަން (އޭއައިއޭސީ) އިން ގޮވާލައިފިއެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފޮނުވި ސިޓީއެއްގައި އޭއައިއޭސީ އިން ބުނެފައިވަނީ، ޔޫއެފާ އަދި ފީފާއަށް މި މައްސަލަ ހުށަހަޅައި، އިޒްރޭލު ވަގުތީގޮތުން ކުޅިވަރުގެ މުބާރާތްތަކުން ސަސްޕެންޑް ކުރުމަށް އެދޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 "ކޮންމެ ދުވަހަކު ހިނގަމުންދާ މަރުގެ އަނިޔާގައި އެތައް ކުޅިވަރުވެރިންނެއް، ކޯޗުންނެއް އަދި އޮފިޝަލުންނެއް މަރުވަމުންދާއިރު، މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަންގައި އިޓަލީ އިސްރާއީލާއި ދެކޮޅަށް ސެޕްޓެންބަރުގައި 8 ގައި، ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 8 ގައި ހަންގެރީގެ ޑެބްރެސެން ސިޓީގައެވެ. އަދި ދެވަނަ މެޗު އޮކްޓޯބަރު 14 ގައި އިޓަލީގެ އުޑީނޭގައި ކުޅެން ހަމަޖެހިފައިވެއެވެ.

އޭއައިއޭސީގެ ވައިސް ޕްރެޒިޑެންޓް ޖިއަންކާލޯ ކަމޮލޭސް ވިދާޅުވީ،

 "އަޅުގަނޑުމެންނަށް ހަމައެކަނި ކުޅުމަށް ފޯކަސްކޮށް، އެހެން ކަންކަމަށް ބެލުމެއްނެތި ތިބެވިދާނެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫން" ކަމަށެވެ. އަދި އެހެން ވައިސް ޕްރެޒިޑެންޓް ފްރަންޗެސްކޯ ޕެރޮންޑީ ވިދާޅުވީ، "ދުނިޔެ މިވަނީ އަނދަމުން. ފަލަސްތީނުގެ ރައްޔިތުންފަދަ އެތައް ބަޔަކު ވޭނުގައި. މިކަމާމެދު އަޅާނުލާ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

މިހާތަނަށް ފަލަސްތީނުގެ 62،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މިދިޔަ އޮކްޓޯބަރުގައި އުޑީނޭގައި ކުޅުނު ނޭޝަންސް ލީގް މެޗުގައިވެސް ބޮޑެތި އިހުތިޖާޖުތަކާއި ސަލާމަތީ ފިޔަވަޅުތައް އަޅަންޖެހުނެވެ. އަދި ޖަރުމަނުގެ ބުންޑެސްލީގާ 2 ގެ ކުލަބު ފޯޗުނާ ޑުސެލްޑޯފުން ވަނީ އިޒްރޭލުގެ ސްޓްރައިކަރު ޝޯން ވައިސްމަން ސޮއިކުރުމުގެ މަސައްކަތް ހުއްޓާލާފައެވެ. އެއީ ގައްޒާގެ ހަނގުރާމައާ ގުޅޭގޮތުން އޭނާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކާ ގުޅިގެން ފޭނުންގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

ރަޝިއާ ޔޫކްރޭން ހަނގުރާމަ އާއި ގުޅިގެން ފީފާއިން 2022 ވަނަ އަހަރުން ފެށިގެން ރަޝިއާ ސަސްޕެންޑް ކުރުމަށް ނިންމާފައިވާއިރު، ޣާޒާގައި ޔަހޫދީން ނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ފީފާއިން އިސްރާއީލް ސަސްޕެންޑް ނުކޮށް އޮތް އޮތުމަކީ ދެކޮޅުނުޖެހޭ ގިނަބަޔަކު ފާޑުކިޔަމުންގެންދާ ސިޔާސަތެކެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް އެފްއޭއެމްގެ ރައީސް ޠާރިޤް އައްޔަންކޮށްފިކުޅިވަރު | 10 ދުވަސް ކުރިންބާސެލޯނާ އަދި ލިވަޕޫލް ފަދަ ބޮޑެތި ޓީމުތައް ކްލަބް ވޯލްޑް ކަޕުން މަހުރޫމް ނުވާނެ ގޮތަށް ފީފާއިން ގަވާއިދު ބަދަލުކުރަނީކުޅިވަރު | 16 ދުވަސް ކުރިންޔުއޭފާއިން އިސްރާއީލް ސަސްޕެންޑްކުރަނީ، ފީފާގެ ސަސްޕެންޝަން ޓްރަމްޕް ހުއްޓުވާފާނެކުޅިވަރު | 22 ދުވަސް ކުރިންޓޮމްގެ ޒަޢާމަތުގައި ދިވެހި ފުޓުބޯޅައަށް, ބޭނުންވާ ކުރިއެރުން އަންނަތަން އެބަފެނޭ: ފީފާގެ ރައީސްކުޅިވަރު | މަހެއް ކުރިން