logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓޮމްގެ ޒަޢާމަތުގައި ދިވެހި ފުޓުބޯޅައަށް, ބޭނުންވާ ކުރިއެރުން އަންނަތަން އެބަފެނޭ: ފީފާގެ ރައީސް

ޢައްފާން މުޙައްމަދު
17 ސެޕްޓެމްބަރު 2025 - 20:44
ޓޮމްގެ ޒަޢާމަތުގައި ދިވެހި ފުޓުބޯޅައަށް, ބޭނުންވާ ކުރިއެރުން އަންނަތަން އެބަފެނޭ: ފީފާގެ ރައީސް

ދިވެހި ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުމާ، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ޠާރިޤް ހަވާލުވެވަޑައިގެންނެވިފަހުން، ފުޓުބޯޅައިގެ ކުރިމަގު ހުރީ، މި ކުޅިވަރު ދެކެ ލޯބިވާ އެންމެންވެސް ގެންދަން ބޭނުންވާ ހެޔޮ މިސްރާބަށް ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވިދާޅުވެއްޖެއެވެ.

ތާރިޤްއާ ބައްދަލުކުރެއްވިކަން ހާމަކުރައްވައި އިންފެންޓީނޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޠާރިޤްއާ ބައްދަލުކުރައްވައި، ރާއްޖޭގެ ފުޓުބޯޅައިގެ ކުރިއެރުމާއި ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތާމެދު ނުހަނު އުފާކުރައްވާ ކަމަށާއި، މި ބައްދަލުކުރެއްވުމުގައި، ފުޓުބޯޅަ ދެކެ ލޯބިވާ ރައްޔިތުންތަކެއް ދިރިއުޅޭ ދިވެހިރާއްޖެއާއި، ބައިނަލްއަގްވާމީ ފުޓުބޯޅައާ އިތުރަށް ގާތްކޮށް، ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝަްވަރާކުރެވުނު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ ޖުލައި މަހުގެ ތެރޭގައި އެފްއޭގެ ރައީސްކަމަށް ޠާރިޤް އިންތިޚާބުވެވަޑައިގެންނެވިއިރު، ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ތަޖުރިބާތަކުގެ އެހީގައި، ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި، ނަތީޖާ ފެންނަފަދަ މުހިންމު މަސައްކަތްތަކެއް ޠާރިޤް ކުރައްވަމުން ގެންދަވާކަން އިންފެންޓީނޯ ފާހަގަކުރެއްވިއެވެ.

550586892_17983802768902645_1118154082015025637_n.jpeg

އޭގެ ހެއްކެއްގެ ގޮތުގައި، ހަތް އަހަރަށްފަހު ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ބައިނަލްއަޤްވާމީ މުބާރާތެއްގައި ތައްޓެއް ހޯދައި، އަންހެނުންގެ ފުޓުބޯޅަ ކުރިއެރުވުމަށް، ކުރިން ނުކުރާފަދަ މަސައްކަތްތަކެއް ކުރަމުންދިއުން ފުދޭކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ.

މި ބަދަލުތަކާއެކު، އައު ޒައާމަތުގައި ދިވެހި ފުޓުބޯޅަ، އަޅުގަނޑުމެން އެންމެން ބޭނުންވާ މިސްރާބަށް ގެންދެވޭނެކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ.


2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހު ރާއްޖެއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ތައްޓެއް ހޯދާފައި ވަނީ ސްރީލަންކާގައި މި މަހު ކުރިއަށްދިޔަ ސައުތު އޭޝިއަން ސުޕާ ކަޕުގައެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގެ ގިނަ މައްސަލަތަކެއް ފާހަގަވެ، ފީފާ އިން އޭނާ ސަސްޕެންޑްކޮށް، މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މަސައްކަތްތައް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެނަ އެވެ. އަދި، މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، އެ ނޯމަލައިޒިން ކޮމިޓީން ވަނީ އިންތިހާބެއް ބާއްވައިފަ އެވެ.

އެ އިންތިހާބު ކާމިޔާބުކުރެއްވީ، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ތޯރިގުގެ ޓީމުންނެވެ. ހުރިހާ މެމްބަރު ކްލަބެއްގެ ތާއީދާ އެކުގަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތްދުވަސް ފަހުން އުޅަނދަކަށް، އިމާރާތަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނަން: އެފްއޭއެމްޚަބަރު | 2 ދުވަސް ކުރިންރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށާއި ގައުމީ ފުޓްބޯޅަ ޓީމަށް 1 މިލިއަން ރުފިޔާ ދެއްވަނީޚަބަރު | 6 ދުވަސް ކުރިންގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އައިސްފިކުޅިވަރު | 14 ދުވަސް ކުރިންވޯލްޑްކަޕް 2026: މުބާރާތުގެ ކަވަރެޖް ފުޅާކުރުމަށް ޓިކްޓޮކް އާއި ފީފާ އިން "ޕްރިފަރޑް ޕްލެޓްފޯމް" އެއްބަސްވުމަކަށްކުޅިވަރު | 22 ދުވަސް ކުރިން