logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސެލޯނާ އަދި ލިވަޕޫލް ފަދަ ބޮޑެތި ޓީމުތައް ކްލަބް ވޯލްޑް ކަޕުން މަހުރޫމް ނުވާނެ ގޮތަށް ފީފާއިން ގަވާއިދު ބަދަލުކުރަނީ

އަބްދުﷲ ޣާނިމް
3 އޮކްޓޯބަރު 2025 - 06:36
އެންމެ ފަހުގެ ކްލަބް ވޯލްޑްކަޕް ޗެންޕިއަން ޗެލްސީ
އެންމެ ފަހުގެ ކްލަބް ވޯލްޑްކަޕް ޗެންޕިއަން ޗެލްސީ

ފީފާއިން ބާއްވާ ކުލަބް ތަކުގެ އެންމެ މަތީ ފަންތީގެ މުބާރާތްކަމަށްވާ ކްލަބް ވޯލްޑް ކަޕުގައި ބޮޑެތި ޓީމުތަކަށް ވާދަކުރުމުގެ ފުރުސަތު ކަށަވަރުކުރުމަށްޓަކައި ފީފާއިން މުބާރާތުގެ ގަވާއިދަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

އިތުބާރުހުރި މަސްދަރުތަކުން ހާމަކުރާ ގޮތުގައި، ކުރިއަށް އޮތް މުބާރާތުގައި ކޮންމެ ގައުމަކުން ބައިވެރިވެވޭ ޓީމުތަކުގެ އަދަދު ތިނަކަށް އިތުރުކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ. މި ބަދަލާއެކު ލިވަޕޫލް، ބާސެލޯނާ އަދި ނަޕޯލީ ފަދަ ބޮޑެތި ކްލަބްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ ފަހުކޮޅު ބޭއްވުނު އައު ފޯމެޓްގެ ފުރަތަމަ ކްލަބް ވޯލްޑް ކަޕުގައި 32 ޓީމު ބައިވެރިވެ، ޗެމްޕިއަންކަން ހޯދީ ޗެލްސީންނެވެ. މި މުބާރާތުގައި ދުނިޔޭގެ ހުރިހާ ބައްރަކުން ޓީމުތައް ބައިވެރިވިއެވެ.

ނަމަވެސް، ވޭތުވެދިޔަ ސީޒަންތަކުގެ ޔޫރަޕިއަން ކޮއެފިޝަންޓް އަދި ފާއިތުވި ހަތަރު އަހަރު ޗެމްޕިއަންސް ލީގް އަދި ޔޫރަޕުގައި ޓީމުގެ ޕާފޯމެންސް އަށް ބަލާފައި އެކުލަވާލެވުނު ކޮލިފިކޭޝަން މިންގަނޑުގެ ސަބަބުން ލިވަޕޫލް އަދި ބާސެލޯނާ ފަދަ ބޮޑެތި ޓީމުތަކަށް މުބާރާތުގައި ބައިވެރިނުވެވުނެވެ.

ކޮންމެ ގައުމަކުން ބައިވެރިވެވޭ ޓީމުތަކުގެ އަދަދު އިތުރުކުރުމާ ގުޅިގެން މުބާރާތުގައި ބައިވެރިވާ ޖުމްލަ ޓީމުތަކުގެ އަދަދު 32 އަށްވުރެ އިތުރުވެގެންދާނެއެވެ. އަދި މިއާއެކު މުބާރާތުގައި ކުޅެންޖެހޭ މެޗުތަކުގެ އަދަދުވެސް އިތުރުވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސާއާއި އެތްލެޓިކޯ މޫނުމަތީގައި ބޮޑު ތަފާލެއް ޖެހުމަށްފަހު ބާނާޑޯ ސިލްވާ ކުއްލިގޮތަކަށް ރެއާލް މެޑްރިޑުން ސޮއިކޮށްފިކުޅިވަރު | 7 ގަޑިއިރު ކުރިންބާސެލޯނާގެ ކުރީގެ ކުލުންތެރިޔާ އަދި ކޯޗު ޒަވީއަށް ބާސެލޯނާގެ ޖޯޒީގައި ލެޖެންޑަރީ މެޗުތައް ކުޅުން މަނާކޮްފިކުޅިވަރު | 8 ގަޑިއިރު ކުރިންބޭނުން ކެނޑުމާއެކު ޔުނައިޓެޑުން ގެނައި ކުނިކޮތަޅު އަނބުރާ ފޮނުވާލަން ނިންމައިފިކުޅިވަރު | ދުވަހެއް ކުރިންރެއާލް މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާއިން އަބުރުގެ ދަޢުވާކުރަނީކުޅިވަރު | ދުވަހެއް ކުރިން