logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސެލޯމާއިމް ރެފްރީންނަށް ރިޝްވަތުދިން މައްސަލަ ފީފާއަށް ހުށަހަޅަން ތައްޔާރުވެއްޖެ

އަބްދުﷲ ޣާނިމް
5 ޑިސެމްބަރު 2025 - 05:22
ރެއާލްގެ ރަީސް އާއި ފީފާގެ ރައީސްއާއެލު
ރެއާލްގެ ރަީސް އާއި ފީފާގެ ރައީސްއާއެލު

ރެއާލް މެޑްރިޑުން އިސްނަގައިގެން، ބާސެލޯނާގއިންކުރީގެ ރެފްރީނަށް ރިޝްވަދު ނިން މައްސަލަތަކާގުޅޭ ރިޕޯޓެއް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ. އެގޮތުން ނެގްރޭރާ (ކުރީގެ ސްޕެއިން ރެފްރީ ކޮމިޓީގެ ވައިސް ޗެއާ) އަށް 17 އަހަރުވަންދެން ބާސެލޯނާއިން ރިޝްވަދު ދިންކަމަށްބުނެ މިހާރު ކޯޓުގައި ކުރިޔަށްދާ މައްސަލަތަކާ ގުޅޭ ރިޕޯޓް އެކުލަވާލައި ނިންމާފައިވާކަމަށް ހަބަރުލިބެއެވެ. މި ރިޕޯޓް ފީފާއަށް ހުށަހެޅުމުގެ މަގުސަދަކީ، މި މުއްދަތުގައި ރެއަލް މެޑްރިޑަށް ރެފްރީންގެ ނިންމުންތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ހުށަހެޅުމެވެ.

މި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ބަލާފައިވާނީ ގާތްގަނޑަކަށް 20 އަަކަށް އަހަރުގެ ތެރޭގައި ރެއަލް މެޑްރިޑަށް ރެފްރީންގެ ނިންމުންތަކުގެ ސަބަބުން ދިމާވި މައްސަލަތަކަށެވެ. މިއީ ބާސެލޯނާ އިން ސްޕެއިންގެ ޓެކްނިކަލް ރެފްރީ ކޮމިޓީ (ސީޓީއޭ) ގެ ކުރީގެ ނައިބު ރައީސް ހޯސޭ މާރިއާ އެންރީކޭޒް ނެގްރޭރާއަށް ފައިސާ ދެއްކި މުއްދަތާ ދިމާވާ ދުވަސްވަރެކެވެ. ބާސެލޯނާ އިން ބުނަމުން އަންނަނީ މި ފައިސާ ދެއްކީ ރެފްރީންގެ ރިޕޯޓްތަކާއި ސްކައުޓިންގ މަސައްކަތަށް ކަމަށެވެ. ނަމަވެސް މި މައްސަލަ އަދިވެސް އޮތީ ޝަރީޢަތުގެ ތަހުގީގުގެ ދަށުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޑްރިޑް އިން ވަނީ މި މައްސަލައިގައި އަސަރުކުރި ފަރާތެއްގެ ގޮތުގައި ބަލައިގަނެ، އަމިއްލަ ދައުވާގައި ބައިވެރިވެފައެވެ. ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ބާސެލޯނާއަށް ރެފްރީންގެ ނިންމުންތަކުގެބޮޑެތި ފައިދާ ލިބުނު ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެންމެ ފަހުން ބޭއްވި ކްލަބްގެ އެސެމްބްލީގައި އޭނާ ވަނީ 17 އަހަރުގެ ތެރޭގައި ދައްކާފައިވާ 8 މިލިއަން ޔޫރޯގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

މި ރިޕޯޓާ ގުޅޭގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް މައުލޫމާތު ދެވިފައިވާ ކަމަށާއި، އޭނާ މި މައުލޫމާތު އަވަހަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެއެވެ. ރެއަލް މެޑްރިޑްގެ ސްޓާފުން ތައްޔާރުކުރި މި ރިޕޯޓުގައި ވީޑިއޯތަކާއި ލިޔެކިޔުންތައް ހިމެނޭ ކަމަށްވެއެވެ. މި ރިޕޯޓް ފީފާއަށް ހުށަހެޅުމާއެކު، މި ސްކޭންޑަލާ ގުޅޭ ބައިނަލްއަޤްވާމީ ފެންވަރުގެ އިތުރު ބަހުސްތައް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރުތާފެނުގައި އޮތް ރެއާލް ފަހުވަގުތު ކާޅެއް ހޮފައިފިކުޅިވަރު | 3 ދުވަސް ކުރިންޕެނަލްޓީއެއް ނުލިބި ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެ، ބާސާއަށް ލީގު ހަދިޔާކުރުމާއި ގާތަށްކުޅިވަރު | 7 ދުވަސް ކުރިންވާހަކަދައްކާއިރު އަނގަމަތީގައި އަތްއަޅާ ކުޅުންތެރިންނަށް ރަތް ކާޑު ދައްކަން އިންފަންޓީނޯ ގޮވާލައްވައިފިކުޅިވަރު | 8 ދުވަސް ކުރިންނަސްލީގޮތުން ދިމާކުރި ބެންފީކާއަށް ވިނީސިއަސްގެ ފަރާތުން ވަރުގަދަ ރަށްދެއްދީ މުބާރާތުން ބޭރުކޮށްލައިފިކުޅިވަރު | 12 ދުވަސް ކުރިން