logo
7 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ޔުއޭފާއިން އިސްރާއީލް ސަސްޕެންޑްކުރަނީ، ފީފާގެ ސަސްޕެންޝަން ޓްރަމްޕް ހުއްޓުވާފާނެ

އަބްދުﷲ ޣާނިމް
27 ސެޕްޓެމްބަރު 2025 - 04:30
Soccer Football - Champions League - Knockout Phase Playoff - First Leg - Celtic v Bayern Munich - Celtic Park, Glasgow, Scotland, Britain - February 12, 2025
A Palestine flag is seen as Celtic fans display a banner stating 'show Israel the red card' amid a ceasefire between Israel and Hamas Action Images via Reuters/Lee Smith
Soccer Football - Champions League - Knockout Phase Playoff - First Leg - Celtic v Bayern Munich - Celtic Park, Glasgow, Scotland, Britain - February 12, 2025 A Palestine flag is seen as Celtic fans display a banner stating 'show Israel the red card' amid a ceasefire between Israel and Hamas Action Images via Reuters/Lee Smith

ޔޫރަޕިއަން ފުޓްބޯޅަ ޖަމްއިއްޔާ (ޔުއެފާ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެޖޯރިޓީ މެންބަރުން އިސްރާއީލު ބައިނަލްއަގުވާމީ މުބާރާތްތަކުން ސަސްޕެންޑް ކުރުމަށް ވޯޓު ނެގުމަށް ތައްޔާރުވެއްޖެއެވެ.

މި ފިޔަވަޅު އެޅިއްޖެނަމަ، އިސްރާއީލުގެ ގައުމީ ޓީމާއި ކްލަބް ޓީމްތަކަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިނުވެވޭނެއެވެ. މީގެ ތެރޭގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްވެސް ހިމެނެއެވެ. އިސްރާއީލުގެ ފިރިހެނުންގެ ޓީމުން ވޯލްޑް ކަޕް ކޮލިފައިންގ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ހަފްތާ ފަހުން ނޯވޭ އަދި އިޓަލީއާ ދެކޮޅަށެވެ. މިގޮތަށް ފާސްވެއްޖެނަމަ ޔުއޭފާގެ ޤައުމުތަކުން ވޯލްޑް ކަޕް ކޮލިފައިންގައި އިސްރާއީލް އާއި ދެކޮޅަށް ނުކުޅޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ފިފާއިން މިކަމަށް ތާއީދު ކުރާނެކަމާމެދު ސުވާލު އުފެދިފައިވެއެވެ. އެއީ ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ އިސްރާއީލު ވޯލްޑް ކަޕުން ވަކިކުރަން ކުރާ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެމެރިކާގެ ރައީސް މިކަން ހުއްޓުވުމަށް ބޭނުންކުރާނެ އެންމެ ބޮޑު ހަތިޔާރަކީ އަންނަ އަހަރުގައި އެމެރިކާގައި ބާއްވަން ހަމަޖެހިފައިވާ ފީފާ ގެ އެންމެ ބޮޑު އިވެންޓް، ފީފާ ވޯލްޑްކަޕްއެވެ. އެގޮތުން ވޯލްޑްކަޕް ކުރިޔަށް ގެންދިޔުމުގައި ފީފާއިން އެމެރިކާ ސަރުކާރުގެ އެހީތެރިކަން ބޭނުންވާނެއެވެ. އެހެންކަމުން މިފަދަ ބޮޑު އިވެންޓަކަށް ފީފާއިން ކުރިމަތިލާއިރު، އެމެރިކާގެ ރައީސްގެފިއްތުންތަކާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް ފީފާ އިން އެޅުމަކީ ދުރުަކަމެކެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން އިންސާނީ ގޮތުން ކުރިމަތިވަމުންދާ ގެއްލުންތަކާ ގުޅިގެން އިސްރާއީލު ފުޓްބޯޅައިންނާއި އެހެނިހެން ކުޅިވަރުތަކުން ވަކިކުރުމަށް ގޮވާލުންތައް އިތުރުވެފައިވެއެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗެޒް ވަނީ، ރަޝިއާއަށް ދިން އަދަބު ފަދައިން އިސްރާއީލުވެސް ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުން ވަކިކުރަންޖެހޭ ކަމަށް ބުނެފައެވެ.

އިސްރާއީލުގެ ކުޅިވަރާއި ސަގާފަތާ ބެހޭ ވަޒީރު މިކީ ޒޮހަރު، ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި އިސްރާއީލު ފުޓްބޯޅަ އެސޯސިއޭޝަންގެ ވެރިޔާ މޮޝޭ ޒުއާރެސް ވަނީ މި މައްސަލައާ ގުޅިގެން ޔުއެފާއާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް އެފްއޭއެމްގެ ރައީސް ޠާރިޤް އައްޔަންކޮށްފިކުޅިވަރު | 7 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ނުރުހުމާއެކުވެސް، ބާސާގެ ލީގު މެޗު މެސީގެ މަޔާމީ ސިޓީގައި ކުޅޭގޮތަށް ނިންމައިފިކުޅިވަރު | 9 ދުވަސް ކުރިންބާސެލޯނާ އަދި ލިވަޕޫލް ފަދަ ބޮޑެތި ޓީމުތައް ކްލަބް ވޯލްޑް ކަޕުން މަހުރޫމް ނުވާނެ ގޮތަށް ފީފާއިން ގަވާއިދު ބަދަލުކުރަނީކުޅިވަރު | 13 ދުވަސް ކުރިންޔުއޭފާއިން އިސްރާއީލް ސަސްޕެންޑްކުރަނީ، ފީފާގެ ސަސްޕެންޝަން ޓްރަމްޕް ހުއްޓުވާފާނެކުޅިވަރު | 19 ދުވަސް ކުރިން