logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް އެފްއޭއެމްގެ ރައީސް ޠާރިޤް އައްޔަންކޮށްފި

ޢައްފާން މުޙައްމަދު
9 އޮކްޓޯބަރު 2025 - 07:46
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް އެފްއޭއެމްގެ ރައީސް ޠާރިޤް އައްޔަންކޮށްފި

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީގެ މެމްބަރުކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ތަރި އަޙްމަދު ޠާރިޤް އައްޔަންކޮށްފިއެވެ.

އެ ކޮމިޓީއަށް ޠާރިޤް އައްޔަންކޮށްފައި ވަނީ ހަތަރު އަހަރުގެ ދައުރަކަށް، 2029 ވަނަ އަހަރުގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކޮމިޓީއަށް ޠާރިޤް އައްޔަންކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމެއްގައި، ފީފާގެ ގާނޫނުތަކާއި ފީފާގެ ގަވަނަންސް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިއީ ދިވެހި ފުޓުބޯޅައިގައި ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެވޭއިރު މިއީ ޠާރިޤް ވެވަޑައިގެންފައި ވަނީ ފީފާގެ ސްޓޭންޑިންގް ކޮމިޓީއަކަށް އައްޔަނުކުރެވުނު ފުރަތަމަ ދިވެއްސަށެވެ.

އެ ކޮމިޓީއަށް ޠާރިޤް އައްޔަންކުރެވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ފުޓްބޯޅަ ކުރިއެރުވުމުގައި އަދާކުރާ ދައުރު އިތުރުވަމުންދާ މިންވަރު ހާމަވެގެންދާ ކަމެކެވެ.

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރާ ކޮމިޓީއެކެވެ. މި ކޮމިޓީގައި ޠާރިޤް ހިމެނިވަޑައިގަތުމަކީ، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ލިބޭނެ ފަހި ފުރުޞަތެކެވެ.

މި ކާމިޔާބީއާ ގުޅިގެން ދިވެހި ފުޓުބޯޅަ އާއިލާއިން އަންނަނީ ޠާރިޤަށް މަރުހަބާ ކިޔައި، މިއީ ދިވެހި ފުޓުބޯޅަ ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދަން ހުޅުވިގެންދިޔަ އަލި މަގެއްގެ ގޮތުގައި ފާޙަގަކުރަމުންނެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުމާ ޠާރިޤް ހަވާލުވެވަޑައިގެންނެވިފަހުން، ފުޓުބޯޅައިގެ ކުރިމަގު ހުރީ، މި ކުޅިވަރު ދެކެ ލޯބިވާ އެންމެންވެސް ގެންދަން ބޭނުންވާ ހެޔޮ މިސްރާބަށް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ ތެރޭގައި ތާރިޤްއާ ބައްދަލުކުރެއްވިކަން ހާމަކުރައްވައި އިންފެންޓީނޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޠާރިޤް އިންތިޚާބުވެވަޑައިގެންނެވިއިރު، ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ތަޖުރިބާތަކުގެ އެހީގައި، ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި، ނަތީޖާ ފެންނަފަދަ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އޭގެ ހެއްކެއްގެ ގޮތުގައި، ހަތް އަހަރަށްފަހު ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ބައިނަލްއަޤްވާމީ މުބާރާތެއްގައި ތައްޓެއް ހޯދައި، އަންހެނުންގެ ފުޓުބޯޅަ ކުރިއެރުވުމަށް، ކުރިން ނުކުރާފަދަ މަސައްކަތްތަކެއް ކުރަމުންދިއުން ފުދޭކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ.

މި ބަދަލުތަކާއެކު، އައު ޒައާމަތުގައި ދިވެހި ފުޓުބޯޅަ، އަޅުގަނޑުމެން އެންމެން ބޭނުންވާ މިސްރާބަށް ގެންދެވޭނެކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތްދުވަސް ފަހުން އުޅަނދަކަށް، އިމާރާތަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނަން: އެފްއޭއެމްޚަބަރު | 3 ދުވަސް ކުރިންރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށާއި ގައުމީ ފުޓްބޯޅަ ޓީމަށް 1 މިލިއަން ރުފިޔާ ދެއްވަނީޚަބަރު | 7 ދުވަސް ކުރިންގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އައިސްފިކުޅިވަރު | 15 ދުވަސް ކުރިންވޯލްޑްކަޕް 2026: މުބާރާތުގެ ކަވަރެޖް ފުޅާކުރުމަށް ޓިކްޓޮކް އާއި ފީފާ އިން "ޕްރިފަރޑް ޕްލެޓްފޯމް" އެއްބަސްވުމަކަށްކުޅިވަރު | 23 ދުވަސް ކުރިން