logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ފުރުސަތެއް

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
25 ސެޕްޓެމްބަރު 2024 - 05:58
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ފުރުސަތެއް

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީއާއި މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމެންޓާއި ގުޅިގެން ތަމްރީން ޕްރޮގްރާމްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިިނުމާއި އަންހެނުން ބާރުވެރިކުރުވުމަށް " ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑްްސް" އަށް ގެނެވުނު މުހިންމު ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

'ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑްސް" އަކީ ތަމްރީން ޕްރޮގްރާމްތައް ފުރިހަމަ ކުރާ ދަރިވަރުން ގެ ކިބައިގައި އެ ދަރިވަރަކު ތަމްރީނުވި ދާއިރާގައި މަސައްކަތްކުރުމަށް އެކަށިގެންވާ ހުނަރާއި ޤާބިލުކަން ހުރިކަން ކަށަވަރުކުރުމަށް އިސްކަންދޭންޖެހޭ ކަންތައްތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

24 ސެޕްޓެމްބަރުވީ އަންގާރަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ގެ ސީއީއޯ ޑރ.ޒަހްރާ މުޙައްމަުގެ އިތުރުން އެ އިދާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވަޑައިގެންނެވި ވެއެވެ. އަދި މިނިސްޓްރީއޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގެ ފަރާތުން އެ އިދާރާގެ ބައެއް އިސްބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

"އެންމެނަށް ވަޒީފާ" ސިޔާސަތެއް ކަނޑައަޅުއްވާ ޢަމަލުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. މިކަނަްތައް ތަންފީޒުކުރުމަށްޓަކައި މި ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މި ވުޒާރާގެ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން މިހާރު ވަނީ ނޭޝަނަލް އެޕްރެންޓެސްޝިޕް ޕްރޮގްރާމްވެސް ފަށައިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިބުނު ހިތްދަތިކަމަށް ތަސައްލީއެއް: ވަޒީރާއެކު އުފާވެރި ވަގުތުކޮޅެއްޚަބަރު | 3 މަސް ކުރިންމުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަނީޚަބަރު | 7 މަސް ކުރިންކުޑަކުދިންގެ ފޮޓޯ އާއި ވަނަވަރު އާންމު ނުކުރަން އަންގައިފިޚަބަރު | އަހަރެއް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމަށް މުޅިން އައު ޚިދުމަތެއް ފަށަނީޚަބަރު | އަހަރެއް ކުރިން