logo
ޚަބަރު

ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ 3 މީހުން ބަންދަށް

އާމިނަތު ޝަފާ
22 އޯގަސްޓު 2025 - 04:19
ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ 3 މީހުން ބަންދަށް

މިދިޔަ ޖުލައި މަހު އއ. މާޅޮހުގައި މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި 3 މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ މުހައްމަދު ވިސާމް (22އ) އއ. މާޅޮސް / ލިލީފެހި އާއި އަހްމަދު ފާރިސް (27އ) އއ. މާޅޮސް / ފިނިވާގެ އަދި އަހްމަދު އާޝިދު (27އ) - އއ. މާޅޮސް / ފިޔަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ 3 މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވިސާމްއާ ފާރިސް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. އާޝިދުގެ ބަންދަށް ކޯޓުން ދިނީ 5 ދުވަހެވެ.

ނިދާފައި އޮއްވާ ޖުލައި 12 ވަނަ ދުވަހުގެ ރޭ ދަންވަރު އަބްދުއްރަހުމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އެރޭ ފަތިހުއެވެ. 

އެމަރާ ގުޅިގެން އިތުރު ތަޙުލީލުތަކަށް ފުލުހުން އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ އޭގެ އަނެއް ދުވަހުއެވެ. އަދި އެއަށްފަހު އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހަދާފައެވެ. އޭނާގެ ހަށިގަނޑު ޕޯސްޓް މޯޓަން ހެދީ އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވައިގެން މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ޖުލައި 23 ގައި ވަނީ ހަށިގަނޑު އަނބުރާ މާލެ ގެނެސްފައެވެ.

 އަބްދުއްރަހުމާން މަރާލި މައްސަލާގައި ފުލުހުން މާޅޮހުގައި ސްޓޭޝަންވެ، ފުރަތަމަ ދުވަހުން ފެށިގެން ތަޙްގީގްކުރިއަށްގެންދާއިރު، އޭނާ އަށް ދިން ހަމަލައިގެ ތުހުމަތަށް ތިން މީހެއްގެ ގެ ފާސްކޮށް، އެކެއްގެ އަންނައުނު ވެސް މި މަހުގެ ކުރީކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން ހައްޔަރުކުރީ ވެސް އެ ތިން މީހުންނެވެ.

އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ވެސް ކުރިން ހިފެހެއްޓި އެވެ. އެކަމަކު، ފަހުން ވަނީ ފޯނު ދޫކޮށްލައިފަ އެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ 3 މީހުން ބަންދަށްޚަބަރު | 13 ގަޑިއިރު ކުރިންގޭންގު ކުށްތަކުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި ޚަބަރު | ދުވަހެއް ކުރިންއިންޓަރނެޓަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ތާޖުއްދީން ސުކޫލުގައި ކުރިއަށް ގެންގޮސްފި ޚަބަރު | ދުވަހެއް ކުރިންއަބްދުއްރަހުމާން މަރާލި މައްސަލަ: ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން