logo
Bank of Maldives

Bank of Maldives

ޚަބަރު

ޕާސްޕޯޓު ހިދުމަތް ފެށުމަށް ހުރަސްއެޅީ ނަޝީދު ފަހަތަށް އެރުމުން: ޝިޔާމް

އާމިނަތު ޝަފާ
22 އޯގަސްޓު 2025 - 04:42
ޕާސްޕޯޓު ހިދުމަތް ފެށުމަށް ހުރަސްއެޅީ ނަޝީދު ފަހަތަށް އެރުމުން:  ޝިޔާމް

ށ. އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފެށުމަށް ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ހުރަސްއެޅީ ޕާޓީ ދެބައިވި ވަގުތު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަހަތަށް އެރުމުގެ ސަބަބުން އެކަމާ ހިތްހަމަނުޖެހިގެންކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންދުރުޓީވީގެ "ރަށަށް ބާރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ށ. އަތޮޅު ކައުންސިލްގެ ރައީސް ޝިޔާމް ވިދާޅުވީ ފާއިތުވެދިޔަ ރައީސް ސާލިހުގެ ވެރިކަމާ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމާ އަޅާކިޔާއިރު މިސަރުކާރުން ށ. އަތޮޅު ކައުންސިލަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަކަމަށެވެ. ށ. އަތޮޅު ކައުންސިލަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް ޝިޔާމް ވަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި އަދި ސީޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

" ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނަށް ދިނުމަށްޓަކައި މީގެ ކުރިން އޭރު އޮތް އެމްޑީޕީ ސަރުކާރާ ވާހަކަ ދައްކަމުން ދިޔައިން. އޭރު ރައީސް ސާލިހުގެ ސަރުކާރުން ދިން ޖަވާބަކީ ޝިޔަންޓޭ ނުކަސިޔާރު މަގަކުންނޭ ދިޔައީ. އެހެންވީމަ ނެތޭ ތިކަން ކޮށްދެވޭކަށް. ފެނިގެންދިޔަ ށ. އަތޮޅު ބާކީ ކޮށްފައި އެހެން އަތޮޅުތަކުގައި ހިދުމަތް ފެށިތަންވެސް . އެކަމަކު ސިޓީ ލައިގެންވެސް މިކަން ނުކޮށްދިން. އެ ނުކަސިޔާރު މަގަކަށް ވީ ޕާޓީ ދެބައިވެގެން އަޅުގަނޑަށް މި އެރުނީ ރައީސް ނަޝީދު ފަޅިއަށް" ށ. އަތޮޅު ކައުންސިލްގެ ރައީސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެހެނަސް މި ސަރުކާރުން އެންމެ މަހެއްގެ ތެރޭގައި ކައުންސިލުން އެދުނު ގޮތަށް ޕާސްޕޯޓުގެ ހިދުމަތް އަތޮޅުގައި ފަށާދީފައިވާކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން ކުރީގެ ރައީސް ނަޝީދު އެޕާޓީން ވަކިވެވަޑައިގަތީ މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު 2023 ވަނަ އަހަރުގެ ޖޫންމަހުއެވެ. އަދި އެއަށްފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންނެވި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއެކު ހަމަ އެއަހަރުގެ ޖުލައިމަހު ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވާފައެވެ. ނަމަވެސް ޕާޓީ އުފައްދައިގެން ސިޔާސީގޮތުން ކާމިޔާބީއެއް ލިބިފައިނުވާއިރު، ޕާޓީއަށް 5000 މެމްބަރުންވެސް ހަމަވެފައެއް ނުވެއެވެ.

އެއާއެކު އީސް މުހައްމަދު ނަޝީދާއި، ދަ ޑިމޮކްރެޓްސްގެ އިސް މެމްބަރުން އެމްޑީޕީއާ އަލުން ވަނީ ގުޅިވަޑައިގެންފައެވެ. ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ރައީސް ސާލިހު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

އަދި ރައީސް ނަޝީދާއި ރައީސް ސާލިހާއި ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި، ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ފަދަ ބޭފުޅުން މިހާރުވެސް އަންނަނީ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ނުސީދާކޮށް ކެމްޕެއިންކުރައްވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި ޚަބަރު | 2 ދުވަސް ކުރިންޚަރަދުކުޑަކޮށް އެތައް މަޝްރޫޢެއް ހިންގާތީ އެމްޑީޕީން އުޅެނީ ހިތަށް ކުޅަދާނަ ނުވެގެން: ސިނާންޚަބަރު | 2 ދުވަސް ކުރިންއެމްޑީޕީ ސަރުކާރުގެ ސިޔާސީ މުޒައްފުންގެ އަދަދު ވެސް އެ ޕާޓީގެ މުޒާހަރާއިން ދައްކާނުލެވުނު: ޙުސެއިން ޙަމީދުޚަބަރު | 7 ދުވަސް ކުރިންއެމްޑީޕީގެ އެއްވުން: އަންހެން ފުލުހެއްގެ ގައިމަތިން ހިނގައި، ފިރިހެން ދެ ފުލުހަކަށް ބެރިކޭޑާއި ޝީލްޑުން އަނިޔާދީފައިވޭޚަބަރު | 17 ދުވަސް ކުރިން