logo
Bank of Maldives

Bank of Maldives

ޚަބަރު

ޚަރަދުކުޑަކޮށް އެތައް މަޝްރޫޢެއް ހިންގާތީ އެމްޑީޕީން އުޅެނީ ހިތަށް ކުޅަދާނަ ނުވެގެން: ސިނާން

ޢައްފާން މުޙައްމަދު
19 އޮކްޓޯބަރު 2025 - 06:07
ޚަރަދުކުޑަކޮށް އެތައް މަޝްރޫޢެއް ހިންގާތީ އެމްޑީޕީން އުޅެނީ ހިތަށް ކުޅަދާނަ ނުވެގެން: ސިނާން

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ސިޔާސަތަކީ، އެހެން ބައެއްގެ ވެރިކަމުގައި ރަނގަޅު އެއްކަމެއްވެސް ކުރެވޭކަމަށް ނުހެދުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އެބައިމީހުން ނޫން އެހެން އެއްވެސް ބައެއް ވެރިކަން ކުރާނަމަ ރަނގަޅު ހަމަ އެއް ކަމެއް ވެސް ކުރެވޭ ކަމަކަށް ނުހެދުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޯމާ ދުވަލު ބޮޑެތި "ވައްކަންތައް" ކޮށް، ދިވެހިން ނިކަމެތި ވަމުން އަައި ދުވަސްވަރެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިކުމެވަޑައިގަތީ "މި ނުލަފާ" މީހުން، ރައްޔިތުންނަށް ވަމުން އައި ހިޔާނާތްތަކުންނާއި އަނިޔާވެރިކަމުން މި ގައުމު ސަލާމަތް ކޮއްދެއްވުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި ނުހަނު ފަސޭހަކަމާއެކު ބޮޑު ތަނުން ބޮޑު "ނޯއެއް" ޖަހައި، ރައްޔިތުން އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައިކަން މެމްބަރު ސިނާން ފާހަގަކުރެއްވިއެވެ.

މިއަދު ހަރަދު ކުޑަކޮށް ތަރައްގީގެ އެތައް މަޝްރޫއުތަކެއް ފައްޓަވާދެއްވާތަން ފެނުމުން، އެމްޑީޕީގެ ބޭބޭފުޅުންގެ ހިތަށް ކުޅަދާނަ ނުވާ ކަމަށާއި، އެ ބޭފުޅުންނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ކަންތައް ބޮޑުވެއްޖެކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

އަދި ހަގީގަތަކީ މިއަދު އެމްޑީޕީއަށް އެއްވެސް ތާއީދެއް ނެތުންކަމުގައި މެމްބަރު ސިނާން ވިދާޅުވިއެވެ.

މެމްބަރު ސިނާން މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ރައީސަކު ކެމްޕެއިން ކުރައްވާއިރު ވައުދުވެ ވަޑައިގަންނަވަންވީ "މަޑުޖެހިލަން" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި ހަމަޖައްސައި، ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށް ކުރިއަށް އޮތް ހަތަރު، ފަސް އަހަރަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

އެގޮތުން، ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ، "އިހަށް މަޑުކޮށްލާ" ކަމަށާއި ދެން ވެރިކަމަށް އިންތިހާބުވާ ރައީސަކު ވައުދުވާންވީ މަޝްރޫއުތައް ހިންގުމުގައި "މަޑުޖެހިލަން" ކަމަށް ނަޝީދު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީޚަބަރު | 3 ދުވަސް ކުރިންއެމްޑީޕީގެ ހިންގުމުގައި ލަފާދޭން ރައީސް ނަޝީދުއާއި ރައީސް ޞާލިޙް ހަމަޖައްސައިފިޚަބަރު | 5 ދުވަސް ކުރިންޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | 6 ދުވަސް ކުރިންއެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިބުރޭ ވަކިކޮށްފިޚަބަރު | 9 ދުވަސް ކުރިން