logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިބުރޭ ވަކިކޮށްފި

އައިޝަތު އިނާޝާ
7 އޭޕްރީލު 2026 - 16:27
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިބުރޭ ވަކިކޮށްފި

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިބްރާހިމް ވަހީދު ވަކިކޮށްފިއެެވެ.

އިބްރާހިމް ވަހީދު މާގާމުން ވަކިކުރިކަން އަންގާފައިވަނީ މިއަދުއެވެ. ނަމަވެސް މަގާމުން ވަކިކުރި ސަބަބު އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއި ކުރައްވައި ވަހީދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދޭން ޗެއާޕާސަންގެ ނައިބް (އިދާރީ) އާއި ޗެއާޕާސަންގެ ނައިބް (މާލީ) ގައުމީ މަޖިލީހުގެ ރުމާއެކު އައްޔަންކުރެވޭނެކަމަށެވެ. އަދި ހަމަ އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނައިބަކު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާ އެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނައިބް ކަމަށް އައްޔަންކުރެވިދާނެކަމަށެވެ.

އެހެންކަމުން އެ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނައިބްކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ބުނެފައިނުވާތީ، އެ މާއްދާގެ ދަށުން ޕާޓީގެ އިދާރީ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން ވަހީދު ވަކިކޮށްފައިވާކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

މަގާމުން ވަކިކުރުމާ ގުޅިގެން އިބުރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަަމަށެވެ. އަދި ވިދާޅުވީ ގަޕޯ "ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ. އިބުރޭ ވިދާޅުވިގޮތުގައި އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާގެ ދަށުން އިންތިހާބީ މަގާމުތަކަށް އިންތިހާބުވެފައި ތިބި މީހުން ދައުރު ހަމަވަންދެން ދެމިތިބެވޭނެ އެވެ. 

ވަހީދު މަގާމުން ވަކިކުރިއިރު އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަޤާމުން ވަކިކޮށްފައެވެ.  އަހުމަދު މައުރޫފް ވަކިކުރިކަން އަންގައި އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ލީގަލް ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށާއި، އަދި ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ހިންގުމުގައި ލަފާދޭން ރައީސް ނަޝީދުއާއި ރައީސް ޞާލިޙް ހަމަޖައްސައިފިޚަބަރު | 6 ދުވަސް ކުރިންޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | 7 ދުވަސް ކުރިންއެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިބުރޭ ވަކިކޮށްފިޚަބަރު | 10 ދުވަސް ކުރިންފުރުޞަތު ނުދިނުމަކީ ބާރުވެރިކަމުގެ ނިޝާނެއް ނޫން؛ އެއީ ބަލިކަށިކަމުގެ ހެއްކެއް!ރިޕޯޓް | 10 ދުވަސް ކުރިން