logo
Bank of Maldives

Bank of Maldives

ޚަބަރު

މިހާރުވެސް 500 އަށްވުރެ ގިނަ ކުދިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވޭ : އިބްރާހީމް ރަމީޒް

އާމިނަތު ޝަފާ
22 އޯގަސްޓު 2025 - 07:03
މިހާރުވެސް 500 އަށްވުރެ ގިނަ ކުދިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވޭ : އިބްރާހީމް ރަމީޒް

މިހާރުވެސް 500 އަށްވުރެ ގިނަ ކުދިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާކަމަށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) ގެ ޗެއާޕާސަން އިބްރާހީމް ރަމީޒު ވިދާޅުވެއްޖެއެވެ.

މެންދުރަށް ދެއްވި އެކްސްކުލޫސިވްގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން އިބްރާހީމް ރަމީޒު ވިދާޅުވީ އަތޮޅު ތެރެއިންނާއި މާލެ ސަރަހައްދުންވެސް ތަމްރީނުތައް ދެމުންގެންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މާލޭގައި މި ގެންދާ އެތްލެޓިކްސް މުބާރާތްތަކުގައި މިވަގުތުގައި ހަމައެކަނި އެތްލެޓިކްސްގައިވެސް އެބަތިބި 90 އަށް ވުރެ ގިނައިން ކުދިން. އޭގެ ތެރެއިން އެކި ކެޓަގަރީތަކަށް ބަހާލައިގެން މިގެންދަނީ. ބާސްކެޓުގައި 30 އަށް ވުރެ ގިނަ ކުދިން. ސްވިމިން 22 އަށް ވުރެ ގިނަ ކުދިން. ނޭޝަނަލް ސްކޮޑުގައިވެސް 22 އަށް ވުރެ ގިނަކުދިން. ބެޑުމިންޓަންގައި 11 ވަރަކަށް ކުދިން". އިބްރާހީމް ރަމީޒު ވިދާޅުވިއެވެ.

ވުމާއެކު އެކްޓިވްކޮށް މިހާރުވެސް 100 އަށްވުރެ ގިނައިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެކި އެކި ކުޅިވަރުތަކުގައި ކުދިން އުޅޭކަމަށް އިބްރާހީމް ރަމީޒު ވިދާޅުވިއެވެ.

އެސްއޯ މޯލްޑިވްސް 2019 ވަނަ އަހަރު ވުޖޫދުވުމާއެކު އިބްރާހީމް ރަމީޒް ގެންދަވަނީ އެ އެސޯސިއޭޝަނުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކުޅިވަރުގެ ތެރެއަށް ނެރެދެއްވާ، ސީދާ އޭނާގެ އިރުޝާދުގެ ދަށުން އެކި މުބާރާތްތަކުގައި މިފަރާތްތަކުންބައިވެރިކުރުވައި ގައުމަށް ރީތި ނަން ހޯދަދީފައިވެއެވެ.

 ޗެއާގެ ހައިސިއްޔަތުން  ސްޕެޝަލް އޮލިމްޕިކްސްގެ ހަރަކާތްތައް އަތޮޅު ތެރޭގައި ފުޅާކުރުމާއި، އާންމުން ހޭލުންތެރިކުރުވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޕީ.ޓީ އަދި ތެރަޕީ ފަދަ ހަރަކާތްތަކަށް ސްޕޮންސަރުން ހޯދައި އެފަދަ ކަންކަން ނުހުއްޓި ކުރިއަށްދެވޭނެގޮތަކަށް ރޭއްވުމަށް އިބްރާހީމް ރަމީޒު ހާއްސަ އިސްކަމެއް ދެއްވައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސް-އޯ މޯލްޑިވިސްގެ 1ވަނަ ނެޝަނަލް ސްވިމް މީޓް ބާއްވައިފިޚަބަރު | 4 ގަޑިއިރު ކުރިންމިހާރުވެސް 500 އަށްވުރެ ގިނަ ކުދިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވޭ : އިބްރާހީމް ރަމީޒްޚަބަރު | 8 މަސް ކުރިން