logo
Bank of Maldives

Bank of Maldives

ޚަބަރު

އެސް-އޯ މޯލްޑިވިސްގެ 1ވަނަ ނެޝަނަލް ސްވިމް މީޓް ބާއްވައިފި

މުޙައްމަދު އަފްރާޙް
26 އޭޕްރީލު 2026 - 06:33
އެސް-އޯ މޯލްޑިވިސްގެ 1ވަނަ ނެޝަނަލް ސްވިމް މީޓް ބާއްވައިފި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވިސް)ގެ 1ވަނަ ނެޝަނަލް ސްވިމް މީޓް ބާއްވައިފިއެވެ.

ހުޅުމާލެ ސްވިމިންގ ޕޫލް ޓްރެކްގައި ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 9 އިވެންޓަކުން ޖުމްލަ 38 ކުދިން ވަނީ ފަތާފައެވެ. އެއީ އަންހެން 9 އާއި ފިރިހެން 29 އެތުލީޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ އެސް-އޯ މޯލްޑިވިސް އިން ސްވިމިންގ ކޮމްޕެޓިޝަން ގެންދިޔަ ތިން ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މުބާރާތުންގެ ނަންވެސް ވަނީ "ނެޝަނަލް ސްވިމް މީޓް" އަށް ބަދަލުކޮށްފައެވެ.

މި ގޮތުން މުބާރާތުގެ ޤަވާޢިދު އިތުރަށް ހަރުދަނާކޮށް އެތުލީޓުން ވަނީ ޤަވާޢިދުތަކަށް ހޭލުންތެރިކުރުވާފައެވެ.  މިމުބާރާތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމް އެވެ. މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ މިނިސްޓަރގެ ނައިބު އިބްރާހީމް ފާއިދު ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހެޑް އޮފް ރީކޮންސިލިއޭޝަން އަދި ރިޕޯޓިންގް އައިމިނަތު ޖީހާން އާއި ރީކޮންސިލިއޭޝަން މެނޭޖަރ އައިޝަތު މަނާލް ޙާލިދް ވަނީ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރި ވަނަވަނަ އަށް އައި އެތުލީޓުންނަށް މެޑަލް ޙާވާލުކޮށްދެއްވާފަ އެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ސިކުންޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް 2019 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް މޫވްމަންޓް، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ދަނީ ވަރަށް ފުޅާދާއިރާއެއްގައި މުޅިރާއްޖޭގައި ސިކުނޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތަތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް އެކިއެކި ޙާރަކާތްތައް ހިންގަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސް-އޯ މޯލްޑިވިސްގެ 1ވަނަ ނެޝަނަލް ސްވިމް މީޓް ބާއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމިހާރުވެސް 500 އަށްވުރެ ގިނަ ކުދިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވޭ : އިބްރާހީމް ރަމީޒްޚަބަރު | 8 މަސް ކުރިން