logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލައި ސަހުޔޫނީން ބިރުގަންނަވާލައިފި

އާމިނަތު ޝަފާ
22 އޯގަސްޓު 2025 - 11:00
އީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލައި ސަހުޔޫނީން ބިރުގަންނަވާލައިފި

އިރާން-އިސްރާއީލް ހަނގުރާމައަށްފަހު އަނެއްކާވެސް އިރާނުގެ އަސްކަރީ ގާބިލުކަން ދައްކާލައި ސަހުޔޫނީން ބިރުގަންނަވާލައިފިއެވެ.

އިރާނުގެ ކަނޑުގެ ބާރުގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބުރާސްފަތިދުވަހު ފަށާފައިވާއިރު މި ޕްރޮގްރާމުގެ ތެރެއިން އީރާނުގެ ކަނޑުގެ ސިފައިން ބާރުގަދަ އަދި ނުރައްކާތެރި ގޮވާތަކެތި އުފުލުމުގެ ގާބިލު ކަން ލިބިފައިވާ ޒަމާނީ ކްރޫޒް މިސައިލްތައްވަނީ ދައްކާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަމްރީނުގައި 'ނާސިރު' އަދި 'ޤާދިރު' ގެ ނަމުން ނަންދީފައިވާ ތަފާތު ދުރުމިންތަކަށް ވާސިލްވުމުގެ ކުޅަދާނަކަން ލިބިފައިވާ ކަނޑުގެ ކްރޫޒް މިސައިލްތައް ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުންވަލާޔަތު-2 ނަން ދީފައިވާ ބިމުގައި ހަރުކުރާ ސިސްޓަމް ބޭނުންކޮށްގެން 'ޤާދިރު' ކޯސްޓް-ޓު-ސީ އެންޓި-ޝިޕް މިސައިލްތައް ވެސް ވަނީ ކާމިޔާބުކަމާއެކު ޓެސްޓު ކޮށްފައެވެ.

މި ތަމްރީނުގައި ނޭވީގެ ސާފޭސް އަދި ސަބްސާފޭސް ޔުނިޓުތަކާއި، ފްލައިޓް ޔުނިޓުތަކާއި، ކޯސްޓް-ޓު-ސީ މިސައިލް ސައިޓުތަކާއި، ސީ-ބޭސްޑް މިސައިލް ސައިޓުތަކާއި، އިލެކްޓްރޯނިކް ހަނގުރާމައިގެ ޔުނިޓުތައް ވެސް ބައިވެރިވެފައިވެއެވެ. އިރާން-އިސްރާއީލް ހަނގުރާމައަށްފަހު އީރާނުގެ ސިފައިން އަންނަނީ ގަވާއިދުން އަސްކަރީ ތަމްރީންތައް ފުރިހަމަކުރަމުންނެވެ.

އިރާނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ ޗީފް އޮފް ސްޓާފް، މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް މޫސަވީވެސް ވަނީ އިރާނުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް މިއަށްވުރެވެސް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

އިރާނުގެ އަސްކަރިއްޔާއިން ދަނީ ފަނާކުރަނިވި ޙަމަލާތަކެއް ދިނުމުގެ ގާބިލުކަން ލިބިފައިވާ މިސައިލްތައް އުފެއްދުމާއި އޭގެ އިތުރުން, މެދު-ރާސްތާ އަދި ދުރު-ރާސްތާގެ މިސައިލާއި, ޑްރޯންގެ އަދަދު އިތުރު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިރާނު-އިސްރާއީލް ހަނގުރާމަ: މޮސާޑުގެ 100އަށް ވުރެ ގިނަ އޭޖެންޓުން ބޭނުންކުރި ދުނިޔެ | މަހެއް ކުރިންމިހާރުން މިހާރަށް މުސްލިމް ހުރިހާ ގައުމަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް އިރާނުން ގޮވާލައިފި ދުނިޔެ | މަހެއް ކުރިންއީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލައި ސަހުޔޫނީން ބިރުގަންނަވާލައިފި ދުނިޔެ | 2 މަސް ކުރިންކުޑަކުދިން ޝަހީދުކުރާ ބަޔަކަށް ހަނގުރާމައިން ނަސްރެއް ނުލިބޭނެ: އިރާން ދުނިޔެ | 2 މަސް ކުރިން