logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނިމާދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

އައިމިނަތު މޫސާ
25 އޯގަސްޓު 2025 - 05:12
ހަނިމާދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ހދ. ހަނިމާދޫގައި ސަރުކާރުން އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހަނިމާދޫގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫއަށް ވަޑައިގެން އެކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އިތުރުން ހަނިމާދޫ ކައުންސިލް ރައީސް އަބްދުއްސައްތާރު ހަސަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.

މިމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޢީމްގެ ހަނދާންތައް ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސްޚަބަރު | ދުވަހެއް ކުރިންރިޔާސީ ބަޔާން އިއްވެވުމަށް ފެބްރުއަރީ 5 ވަނަ ދުވަސް ސަރުކާރު ބަންދުޚަބަރު | ދުވަހެއް ކުރިންބޯހިޔާވަހިކަމުގެ ހައްލަށް ދައުރުގެ ފަހު އަހަރަށް މަޑެއް ނުކުރާނެ! ރައްޔިތުންގެ ޚިޔާލާއެކު ތަރުތީބުކޮށް ގެނެސްދޭނީ ޙަޤީޤީ ހައްލެއްރިޕޯޓް | 2 ދުވަސް ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު!ޚަބަރު | 3 ދުވަސް ކުރިން