logo
Bank of Maldives

Bank of Maldives

ޚަބަރު

ނަޢީމްގެ ހަނދާންތައް ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސް

ޒިދާން މުޙައްމަދު
13 ޖެނުއަރީ 2026 - 12:13
ނަޢީމްގެ ހަނދާންތައް ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސް

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ އަލްމަރުޙޫމް މުޙައްމަދު ނަޢީމް ޙުސެއިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވި މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ބައި ޤަރުނުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފަތުރުވެރިންނަށް ހުޅުވާލުމަށްފަހު ބައިނަލްއަޤުވާމީ ދަތުރުތައް އިތުރުކުރުމަށް ޤައުމި ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ ނަޢީމްގެ ހަނދާނާކަމަށެވެ.

އެހެންކަމުން ނަޢީމްގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާވަނީ މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވުމުގެ ހިތާމައިގައި އެޢާއިލާއަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ވެރިންނަށާއި މުވައްޒަފުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި އެޕޯސްޓުގައިވަނީ ނަޢީމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުންއެދި ދުޢާދަންނަވާފައެވެ.

ނަޢީމްވަނީ 1967ވަނަ އަހަރު އެއަރޕޯޓުގެ ޚިދުމަތަށް ނުކުންނެވުމަށްފަހު ރިޓަޔަރވުމާއި ހަމައަށް ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ޚިދުމަތްކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޢީމްގެ ހަނދާންތައް ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރިޔާސީ ބަޔާން އިއްވެވުމަށް ފެބްރުއަރީ 5 ވަނަ ދުވަސް ސަރުކާރު ބަންދުޚަބަރު | 4 ގަޑިއިރު ކުރިންބޯހިޔާވަހިކަމުގެ ހައްލަށް ދައުރުގެ ފަހު އަހަރަށް މަޑެއް ނުކުރާނެ! ރައްޔިތުންގެ ޚިޔާލާއެކު ތަރުތީބުކޮށް ގެނެސްދޭނީ ޙަޤީޤީ ހައްލެއްރިޕޯޓް | ދުވަހެއް ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު!ޚަބަރު | 2 ދުވަސް ކުރިން