logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނިމާދޫގައި ތަރައްގީކުރާ ހޮސްޕިޓަލްގެ މަސައްކަތް ރަސްމީކޮށް ފަށައިފި

އައިމިނަތު މޫސާ
25 އޯގަސްޓު 2025 - 06:07
ހަނިމާދޫގައި ތަރައްގީކުރާ ހޮސްޕިޓަލްގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ހދ. ހަނިމާދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހަނިމާދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަނިމާދޫގައި އިމާރާތް ކުރެވޭ ހޮސްޕިޓަލުގެ ބިިންގާ އަޅުއްވައި ދެއްވީ މިނިސްޓަރު އޮފް ހެލްތް، އަބްދުﷲ ނާޒިމް، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަޒީމްގެ އިތުރުން ހަނިމާދޫ ކައުންސިލްގެ ރައީސް، އަބްދުއް ސައްތާރު ހަސަންއެވެ.

ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަނިމާދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލު ނިމޭއިރު، ރަށުގެ ސިއްޙީ ދާއިރާގެ ޚިދުމަތް ވަރުގަދަވާނެކަމަށާއި، އޭގެ ކުރިންވެސް މިހާރު ހުރި ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް މަަސައްކަތްކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަނިމާދޫގައި އިމާރާތް ކުރުމަށް ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި މަސައްކަތް ނިމުމުން، އެރަށުގެ ސިއްހީ ހިދުމަތްތައް ވަރަށް ބޮޑުތަނުން ރަނގަޅު ވެގެންދާނެއެވެ. މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިނެނިވަޑައިގެންނަވާ ވައުދުފުޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޢީމްގެ ހަނދާންތައް ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސްޚަބަރު | ދުވަހެއް ކުރިންރިޔާސީ ބަޔާން އިއްވެވުމަށް ފެބްރުއަރީ 5 ވަނަ ދުވަސް ސަރުކާރު ބަންދުޚަބަރު | ދުވަހެއް ކުރިންބޯހިޔާވަހިކަމުގެ ހައްލަށް ދައުރުގެ ފަހު އަހަރަށް މަޑެއް ނުކުރާނެ! ރައްޔިތުންގެ ޚިޔާލާއެކު ތަރުތީބުކޮށް ގެނެސްދޭނީ ޙަޤީޤީ ހައްލެއްރިޕޯޓް | 2 ދުވަސް ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު!ޚަބަރު | 3 ދުވަސް ކުރިން