logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޭމް ހިންގަމުން ދިޔަ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

އަޙްމަދު ޒަލީފް
25 އޯގަސްޓު 2025 - 11:14
ސްކޭމް ހިންގަމުން ދިޔަ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާ ކަމަށް ބުނެ ތަފާތު އެކި ސްކޭމް ހިންގައި އެކި މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ / ފުނޯސް، ޢަބްދުﷲ މިލްހާނު (33އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ސ. މީދޫންނެވެ. މި އޮޕަރޭޝަނަކީ، މި ޚިދުމަތަށް އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ޢަބްދުﷲ މިލްހާނުއަކީ ފޭސްބުކް މާކެޓް ޕްލޭސްގައި އެއްޗިހި ވިއްކާކަމަށް ބުނެ އެކި ދުވަސް މަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވެއެވެ. އަދި މިގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް އެ މީހުންނަށް ވެސް ފައިދާއެއްދީ މި ސްކޭމްތަކުގައި ބައިވެރިކުރުވާފައިވާކަން ވެސް އެނގިފައިވެއެވެ. އަދި މިފަދަ ތިން މައްސަލައެއްގައި 16000 ރުފިޔާ މަކަރާއި ހީލަތުން އޭނާ ހޯދާފައިވާ ކަން ވެސް މިހާތަނަށް ތަހުގީގަށް އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާކެޓް ޕްލޭސް މެދުވެރިކޮށް ފައިސާ ހޯދި ދެ މީހަކު ހައްޔަރު ކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންގިނަ އަދަދެއްގެ ޑްރަގާއިއެކު ދެމީހަކު ހައްޔަރުކޮށް އެކަކުގެ ބަންދަށް 15 ދުވަސްޚަބަރު | މަހެއް ކުރިންމި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް އިފްތިތާހުކޮށްފިޚަބަރު | މަހެއް ކުރިންސްކޭމްގެ ތުހުމަތުގައި ހައްޔަރުކުރި އަޒުރާހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 2 މަސް ކުރިން