logo
ކުޅިވަރު

ސެންޓޭ އެނބުރި ނިއުއަށް

އަބްދުﷲ ޣާނިމް
25 އޯގަސްޓު 2025 - 17:44
ތަޖުރިބާކާރު ކުޅުންތެރިޔާ ސެންޓޭ އެނބުރި ނިއުއަށް

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ސެންޓޭ ކުރިޔަށް އޮތް ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދެއަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިސް އޮފިޝަލެއް މެންދުރު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހާމަކޮށްފިއެވެ. މިއީ ސެންޓޭ ނިއުގެ ޖޯޒީގައި ފެންނާނެ 4 ވަނަ ފަހަރެވެ. މީގެކުރިން 2011 ވަނަ އަހަރު އަދި 2013 އިން 2015 އަށް ސެންޓޭ ނިއު އަށް ކުޅެފައިވާއިރު، ސެންޓޭ އެންމެ ފަހުން ނިއުގެ ޖޯޒީގައި ފެނިފައިވަނީ 2017-18 ވަނަ ސީޒަނުގައެވެ.

ބ. އޭދަފުށްޓަށް އުފަން ސެންޓޭގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ ފުރަތަމަ ޑިވިޝަނުގައި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) ގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. 2010 ވަނަ އަހަރު ކްލަބް ވެލެންސިއާގައި ހޭދަކުރުމަށްފަހު، 2011 ވަނަ އަހަރު ފުރަތަމަ ފަހަރަށް ނިއުރޭޑިއަންޓާ ގުޅުނު ސެންޓޭ އަކީ މިހާތަނަށް ރާއްޖޭގެ ފުޓްބޯޅައިގެ އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސެންޓޭގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސީޒަނަކީ 2013 ވަނަ އަހަރުގައި ބަލްގޭރިއާގެ ކޯޗު، ވެލިޒާ ޕޮޕޯވްގެ ދަށުން ނިއުރޭޑިއަންޓުގައި ހޭދަކުރި ސީޒަނެވެ. އެސީޒަނުގައި ނިއު ވަނީ ހުރިހާ މެޗަކުން މޮޅުވެ، ހުރިހާ ތަށްޓެއް ހޯދާފައެވެ. މީގެ އިތުރުން 2016 ވަނަ އަހަރުގައި ސެންޓޭ ވަނީ ރާއްޖޭގެ މޮޅުކުޅުންތެރިޔާ ކަމުގެ މަޤާމާއި ރަންބޫޓު ހޯދާފައެވެ. އަދި 2017 ވަނަ އަހަރުގައި ނިއުގެ ޖޯޒީގައިވެސް ސެންޓޭ ވަނީ ރާއްޖޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.

ސެންޓޭގެ އިތުރުން ރާއްޖޭގެ އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ އަންނަ ސީޒަނުގައި ނިއުރޭޑިއަންޓާ ގުޅޭނެކަން ކަށަވަރުކޮށްފައެވެ. މި ދެ ތަޖުރިބާކާރު ކުޅުންތެރިންގެ ހުނަރާއި ތަޖުރިބާއާއެކު، އަދި ކުރިޔަށް އޮތް ތަނުގައި އަލަށް ނިއުއާއި އިތުރު ކުޅުންތެރިންތަކެއް ގުޅޭނެކަމަށް މަޢުލޫމާތު ލިބެއެވެ. މިއާއެކު ކުރިޔަށް އޮތް ސީޒަނުގައި ނިއުރޭޑިއަންޓް ފެންނާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައެވެ.

ނިއުރޭޑިއަންޓްގެ އައު މެނޭޖްމަންޓުން ވަނީ ކުރިޔަށް އޮތް ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ފުޓްބޯޅައިގެ ފޯރިއާއި ޖޯޝު އަލުން ގަލޮޅު ދަނޑަށް ގެނައުމަށް އަމާޒު ހިފާފައެވެ. މިގޮތުން މިދިޔަ ހަފްތާގައި ތަޖުރިބާކާރު ކޯޗު ސުޒައިން ވަނީ ޓީމުގެ ކޯޗުކަމަށް ހަމަޖައްސާފައެވެ. ރާއްޖޭގެ ނަން މަޝްހޫރު މޮޅެތި ގިނަ ކުޅުންތެރިންތަކެއް މިފަހުން ވަނީ ނިއުރޭޑިއަންޓާ ގުޅިފައިވުމާއެކު، ކުރިޔަށް އޮތް ސީޒަނުގައި ގަލޮޅު ދަނޑު ކައްކާލުމަށް ޓީމު މިހާރު ވަނީ ތައްޔާރަށެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

95 ގެ ރަންޒަމާނުގެ ޖޯޒީ އަސްލަކަށް ބަލައިގެން ކުރިޔަށް އޮތް ސީޒަނުގެ ނިއުގެ ޖޯޒީ ނެރެނީކުޅިވަރު | 2 ދުވަސް ކުރިންނިއުގެ ހަގީގީ މަގާމަށް ވާސިލްވުމަށް ކުރާ ދަތުރުގެ ޕާޓްނަރަކަށް މެންދުރުޓީވީކުޅިވަރު | 3 ދުވަސް ކުރިންދަގަނޑޭ އާއި ސެންޓޭ ހިމެނޭހެން ތަޖުރިބާކާރު ކުޅުންތެރިންތަކެއް ނިއު އާއި ގުޅުނުކަން އިޢުލާންކޮށްފިކުޅިވަރު | 4 ދުވަސް ކުރިންތަޖުރިބާކާރު ކުޅުންތެރިޔާ ސެންޓޭ އެނބުރި ނިއުއަށްކުޅިވަރު | 5 ދުވަސް ކުރިން