logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިއުގެ ހަގީގީ މަގާމަށް ވާސިލްވުމަށް ކުރާ ދަތުރުގެ ޕާޓްނަރަކަށް މެންދުރުޓީވީ

ޢައްފާން މުޙައްމަދު
27 އޯގަސްޓު 2025 - 09:51
ނިއުރޭޑިއަންޓުން ބޭއްވި އިވެންޓުގެ ތެރެއިން---
ނިއުރޭޑިއަންޓުން ބޭއްވި އިވެންޓުގެ ތެރެއިން---

ދިވެހި ފުޓުބޯޅައިގެ ދިގު ތާރީޚުގެ "އަންޑިސްޕިއުޓެޑް" ރަސްގެފާނު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެ ކުލަބުގެ އަސްލު މަގާމަށް ވާސިލްވުމަށް ފަށާފައިވާ ދަތުރުގައި، މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މެންދުރުޓީވީ ހަމަޖައްސައިފިއެވެ.

ނިއުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މެންދުރުޓީވީ ހަމަޖައްސައި އެކަން އިއުލާނުކުރީ، އެ ކުލަބުގެ އައު ކޯޗާއި، ސްކޮޑާ ގުޅުނު ވަރުގަދަ ކުޅުންތެރިން ރަސްމީކޮށް އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިން އަހަރު ދުވަހުގެ މުއްދަތަކަށް ހެދި މި އެއްބަސްވުމުގެ ދަށުން މެންދުރުޓީވީން، ނިއުރޭޑިއަންޓާ ގުޅުންހުރި އެންމެފަހުގެ މައުލޫމާތު، އެންމެ ތާޒާކޮށް، އެންމެ އިތުބާރާއެކު ގެނެސްދޭނެއެވެ. އަދި އެ ކުލަބު ޕްރޮމޯޓުކުރުމަށްޓަކައި މީޑިއާއާއި ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ގިނަ ކޮންޓެންޓުތަކެއް އުފައްދާއެވެ.

އަދި ޓީމުގެ ކުޅުންތެރިންނާއި، ކޯޗިން ސްޓާފުންގެ ޕްރޮފައިލާއި، ހާއްސަ ހަރަކާތްތަކާއި ފާހަގަކޮށްލެވޭ ދުވަސްތަކުގައި ގިނަ މައުލޫމާތުތަކެއް ހިމެނޭ އާޓިކަލްއާއި ކޮންޓެންޓް ގެނެސްދޭނެއެވެ.

އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުޅޭ މުބާރާތްތަކުގައި ބޭނުންކުރާ މެޗު ޖާޒީގައި އާއި، ޓްރެއިނިން ކިޓުތަކުގައި އަދި ކުލަބުން އަތޮޅުތެރޭގައި ހިންގާ އެކެޑެމީތަކުގައި ބޭނުންކުރާ ކިޓުތަކުގައި ވެސް މެންދުރު ޓީވީގެ ލޯގޯ ޖަހާނެއެވެ.

ނިއު އިން އަލުން ފުޓުބޯޅައިގެ ގަދަ ބާރަކަށް ވުމަށް ފެށި މަސައްކަތުގައި އައު ސީޒަނަށް ތައްޔާރުވުމަށްޓަކައި ފުޓުބޯޅައިގެ މަޝްހޫރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައިވެއެވެ. އެގޮތުންރާއްޖޭގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އާއި ރަންވަނަތަކެއް ހޯދާފައިވާ އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން، އަހުނަފް ރަޝީދު (އަހުއްކޮ) އާއި މުޙައްމަދު ނިޒާމް (ޕީކޭ) އާއި މުޙައްމަދު އިރުފާން (އިރޭ) ގެ އިތުރުން ހަސަން ރާއިފް އަޙްމަދު (ހަންނަ) ވަނީ ޓީމާ ގުޅިފައެވެ.

މީގެއިތުރުން ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި، މީގެ އަހަރުތަކެއް ކުރިން ނިއުއާ އެންމެ ވާދަވެރި ކުލަބުގެ ގޮތުގައި އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބުގައި އެންމެ ރަން ލެގަސީއެއް އުފެއްދި ތަޖުރިބާކާރު ކޯޗު، އަލީ ސުޒެއިން ވަނީ ހަމަޖައްސާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު، އެންމެ ތަޖުރިބާކާރު ކީޕަރު، ފައިސަލް ނިއުރޭޑިއަންޓަށްކުޅިވަރު | 5 ދުވަސް ކުރިންވިމެންސް ލީގު: "އޮޑިއާ ދެކޮޅަށް ނުކުންނަން ނިއުގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި"ކުޅިވަރު | 5 ދުވަސް ކުރިންވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިކުޅިވަރު | 9 ދުވަސް ކުރިންނިއުރޭޑިއަންޓް ބަލިކޮށް އޮޑި ތާވަލުގެ ދެވަނައަށްކުޅިވަރު | 14 ދުވަސް ކުރިން