logo
ކުޅިވަރު

95 ގެ ރަންޒަމާނުގެ ޖޯޒީ އަސްލަކަށް ބަލައިގެން ކުރިޔަށް އޮތް ސީޒަނުގެ ނިއުގެ ޖޯޒީ ނެރެނީ

އަބްދުﷲ ޣާނިމް
28 އޯގަސްޓު 2025 - 13:03
2025/26 ވަނަ އަހަރުގެ ހޯމް ޖޯޒީ ހުންނާނެ ގޮތުގެ  ކުރެހުމެއް
2025/26 ވަނަ އަހަރުގެ ހޯމް ޖޯޒީ ހުންނާނެ ގޮތުގެ ކުރެހުމެއް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އަހަރުތަކުގެ ތެރެއިން އެއް އަހަރު ކަމުގައިވާ 1995 ވަނަ އަހަރުގެ ސީޒަނުން އިންސްޕަޔާވެގެން ކުރިޔަށް އޮތް ސީޒަނަށް ފަރުމާކޮށްފައިވާ 2025/26 ވަނަ އަހަރުގެ ހޯމް ކިޓް ނެރޭން ކުލަބުން ތައްޔާރުވާން ފަށައިފިއެވެ. މި ކިޓަކީ އޭރު ކްލަބުގެ ކާމިޔާބީތަކާއި ފަޚުރުވެރި ތާރީޚު ދައްކުވައިދޭ ރަންޒަމާނުގައި ނިއު އިން ބޭނުންކުރި ކިޓް ރަމްޒުކޮށްދޭނެ ކިޓެއްކަމުގައި ނިއުރޭޑިއަންޓުން ޤަބޫލުކުރެއެވެ.

1995 ވަނަ އަހަރަކީ ނިއު ރޭޑިއަންޓަށް އެތައް ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. އެ އަހަރު ޕޮމިސް ކަޕް ފައިނަލްގައި ވިކްޓްރީ އާއި ވާދަކޮށް، 1-1 އިން މެޗު އެއްވަރުވުމަށްފަހު ޕެނަލްޓީ ޝޫޓްއައުޓުން 4-2 އިން މެޗު ކާމިޔާބުކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ. މީގެ އިތުރުން އެ އަހަރު މޯލްޑިވްސް ނެޝަނަލް ޗެމްޕިއަންޝިޕް/ޕްރެޒިޑެންޓްސް ކަޕްވެސް ކާމިޔާބުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

506738384_23901244132867582_6265199005987521633_n.jpg

95 ގެ ޕޮމިސްކަޕް ކާމިޔާބުކުރި ޓީމު

WhatsApp Image 2025-08-28 at 14.23.44_a3dd60a3.jpg

95 ގައި ނިއު އިން ބޭނުން ކުރި ޖޯޒީގައި ނިލަންދޫ އަންވަރު

ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އެ އަހަރަކީ ނިއު ރޭޑިއަންޓަށް ފާހަގަކޮށްލެވޭ އަހަރެކެވެ. އޭޝިއަން ކަޕް ވިނާސް ކަޕްގައި ކުއާޓަރ ފައިނަލާ ހަމައަށް ދަތުރުކުރި ނިއު ރޭޑިއަންޓުން، 1995 އޮކްޓޯބަރު 13 ވަނަ ދުވަހު އިންޑިއާގެ މަޝްހޫރު ކްލަބް އީސްޓް ބެންގާލް އާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބުކުރިއެވެ.

WhatsApp Image 2025-08-28 at 14.21.53_b409719c.jpg

ކުރިޔަށް އޮތް ސީޒަނުގައި ނިއުގެ ޖޯޒީ ހުންނާނެގޮތުގެ ކުރެހުމެއް

ނިއުރޭޑިއަންޓް އާއި އައު ޗެއާމަން ހަވާލުވިފަހުން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ޓީމަށް ބޮޑެތި އިންގިލާބީ ކުރިއެރުން ތަކެއް ދަނީ ހޯދަމުންނެވެ. މިގޮތުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު އިން ވަނީ ރާއްޖޭގެ ކުލަބް ފެންވަރުގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭނާއެކު އަލީ އަޝްފާޤު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އާއި އަހުނަފް ރަޝީދު (އަހުއްކޮ) އާއި މުހައްމަދު ނިޒާމް (ޕީކޭ) އާއި މުޙައްމަދު އިރުފާންގެ އިތުރުން ހަސަން ރާއިފް (ހަންނާ) ކުލަބާއި ގުޅުނުކަން އިޢުލާން ކޮށްފައެވެ.

އައު މެނޭޖްމަންޓުން ވަނީ ކުރިޔަށް އޮތް ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ފުޓްބޯޅައިގެ ފޯރިއާއި ޖޯޝު އަލުން ގަލޮޅު ދަނޑަށް ގެނައުމަށް އަމާޒު ހިފާފައެވެ. މިގޮތުން ރާއްޖޭގެ ނަން މަޝްހޫރު މޮޅެތި ގިނަ ކުޅުންތެރިންތަކެއް ނިއުރޭޑިއަންޓާ ގުޅިފައިވުމާއެކު، ކުރިޔަށް އޮތް ސީޒަނުގައި ގަލޮޅު ދަނޑު ކައްކާލުމަށް ޓީމު މިހާރު އޮތީ ތައްޔާރަށެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

95 ގެ ރަންޒަމާނުގެ ޖޯޒީ އަސްލަކަށް ބަލައިގެން ކުރިޔަށް އޮތް ސީޒަނުގެ ނިއުގެ ޖޯޒީ ނެރެނީކުޅިވަރު | 2 ދުވަސް ކުރިންނިއުގެ ހަގީގީ މަގާމަށް ވާސިލްވުމަށް ކުރާ ދަތުރުގެ ޕާޓްނަރަކަށް މެންދުރުޓީވީކުޅިވަރު | 3 ދުވަސް ކުރިންދަގަނޑޭ އާއި ސެންޓޭ ހިމެނޭހެން ތަޖުރިބާކާރު ކުޅުންތެރިންތަކެއް ނިއު އާއި ގުޅުނުކަން އިޢުލާންކޮށްފިކުޅިވަރު | 4 ދުވަސް ކުރިންތަޖުރިބާކާރު ކުޅުންތެރިޔާ ސެންޓޭ އެނބުރި ނިއުއަށްކުޅިވަރު | 5 ދުވަސް ކުރިން