logo
ކުޅިވަރު

ދަގަނޑޭ އާއި ސެންޓޭ ހިމެނޭހެން ތަޖުރިބާކާރު ކުޅުންތެރިންތަކެއް ނިއު އާއި ގުޅުނުކަން އިޢުލާންކޮށްފި

އަބްދުﷲ ޣާނިމް
26 އޯގަސްޓު 2025 - 15:42
މިރޭގައި ނިއުރޭޑިއަންޓުން ބޭއްވި އިވެންޓުގެ ތެރއިން ކުލަބާއި ގުޅުނު ކުޅުންތެރިންނާއި ސްޕޮންސަރުންނާއެކު ޓީމުގެ މެނޭޖްމަންޓް
މިރޭގައި ނިއުރޭޑިއަންޓުން ބޭއްވި އިވެންޓުގެ ތެރއިން ކުލަބާއި ގުޅުނު ކުޅުންތެރިންނާއި ސްޕޮންސަރުންނާއެކު ޓީމުގެ މެނޭޖްމަންޓް

ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓުން މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށްޓަކައި ވަރުގަދަކޮށް އެނބުރިއައުން ފާހަގަކޮށްފިއެވެ. އެގޮތުން ކުރިޔަށް އޮތް ސީޒަނުގައި ކުލަބާއި ގުޅޭ ކުޅުންތެރިނާއި މެނޭޖްމަންޓް ގެ ކުޅުންތެރިން އިޢުލާނުކުރުމަށް މިރޭ ދިމްޔާތުގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައި ކުލަބާއި އަލަށް ގުޅުނު 5 ކުޅުންތެރިންނާއެކު ކުލަބުގެ އައު ކޯޗު ސުޒޭން ކުލަބާއި ގުޅުނުކަން ކުލަބުން ރަސްމީކޮށް އިޢުލާން ކޮށްފިއެވެ. މިހާރުގެ މެނޭޖްމަންޓްގެ އެންމެ ބޮޑު ޓާގެޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އޭގެ އަސްލު މަޤާމަށް ގެންދިޔުންކަމުގައި ޗެއާމަން މުބީން ވަނީ މިރޭގައި ތަކުރާރުކުރައްވާފައެވެ.

ނިއުރޭޑިއަންޓާއި ކުރިޔަށް އޮތް ސީޒަނުގައި ގުޅޭ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެއްނަންބަރު ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) ހިމެނޭއިރު، ތަޖުރިބާކާރު ކުޅުންތެރިޔާ ފާސިރުއާއި އަހުނަފް ރަޝީދު (އަހުއްކޮ) އާއި މުޙައްމަދު ނިޒާމް (ޕީކޭ) އާއި މުޙައްމަދު އިރުފާން ގެ އިތުރުން ހަސަން ރާއިފް އަޙްމަދު (ހަންނަ) ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ މިހާރު ހުރި އެންމެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭނަކީ އިތުރު ތަޢާރަފެއް ބޭުނުންވާނެ ބޭފުޅެއްނޫނެވެ. ނިއުރޭޑިއަންޓާއި އެންމެ ވާދަވެރި ކުލަބް ވިކްޓްރީ ސްޕޯރޓްސް ކުލަބުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ސުޒޭން ވިކްޓްރީގެ އެންމެ ވާދަވެރި ކުލަބް ނިއުރޭޑިއަންޓްއާއި ގުޅުމަކީ ރާއްޖޭގެ ފުޓްބޯޅައިގައި މަދުންނޫނީ ނުފެންނަ މަންޒަރެކެވެ. އެހެންކަމުން އަލަށް އެކުލަވާލެވޭ ސްކޮޑާއެކު ރާއްޖޭގެ އެންމެ ކާމިޔާބު ސުޒޭންގެ ޓެކްޓިކްސްތައް ބަލާލަން ނިއުރޭޑިއަންޓްގެ ސަޕޯޓަރުން މިއަދު ތިބީ ކެތްމަދުވެފައެވެ. މީގެ އިތުރުން ސުޒޭންއާއެކު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ފުޓްބޯޅަ ކުޅުންތެރިޔާ އާފިޢު މުޙައްމަދެވެ.

WhatsApp Image 2025-08-26 at 23.06.41_e12a867c.jpg

ނިއުގެ ކޯޗުކަމާއި ހަވާލުވި އަލީ ސުޒޭން

މީގެއުތުރުން ރާއްޖޭގެ އެއް ނަންބަރު ކުޅުންތެރިޔާ އަލީ އަޝްފާޤުވެސް ނިއުރޭޑިއަންޓާއެކު ކުރިޔަށް އޮތް ސީޒަނުގައި ފެނިގެންދިޔުމަކީ ސަޕޯޓަރުންގެ ފޯރިއާއި ޖޯޝު އިތުރަށް ގެނުވާނެކަމެކެވެ. ކުލަބް ފުޓްބޯޅަ ދިރުވައި ގަލޮޅުދަނޑަށް ދިރުން ގެނެސްދިނުމަށް ނިއުރޭޑިއަންޓްގެ އައު މެނޭޖްމަންޓުން އެކުލަވާލާ ސުޕަ ސްކޮޑްގައި ދަގަނޑޭ އަލުން ފެނިގެންދިޔުމަކީ ރާއްޖޭގެ އެންމެ ގިނަ ސަޕޯޓަރުން ގިނަ ކުލަބުގެ ގިނަ ސަޕޯޓަރުންގެ އެދުމަކަށްވާނެކަން ޔަޤީނެވެ.

Dhagey.jpg

ރާއްޖޭގެ ފުޓްބޯޅައިގެ އެއްނަންބަރު ކުޅުންތެރިޔާ އަޝްފާޤުވެސް ނިއުއާއި މިއަދު ވަނީ ގުޅިފައި

ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ވެސް ކުލަބާއި ގުޅުނުކަން ރަސްމީގޮތެއްގައި މިއަދު ވަނީ އިޢުލާނުކޮށްފައެވެ. މީގެކުރިން ތިންފަހަރެއްގެ މަތީން ނިއު އަށް ކުޅެފައިވާ ސެންޓޭ ވަނީ ކުލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި އެންމެ ފަހުން ސެންޓޭ ނިއުއަށް ކުޅުނު 2017 ވަނަ އަހަރުގައި ސެންޓޭ ވަނީ ރާއްޖޭގެ އެންމެ މޮޅުފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.

sentey.jpg

ސެންޓޭ ނިއުއަށް ސޮއި ކުރިކަން މިރޭގައި ވަނީ އިޢުލާން ކޮށްފައި

ރާއްޖޭގެ އަރަމުން އަންނަ ޑިފެންޑަރު އަހްނަފް ރަޝީދު (އަހުއްކޮ) ވެސް ކުރިޔަށް އޮތް ސީޒަނުގައި ފެނިގެންދާނީ ނިއުރޭޑިއަންޓްގެ ސްކޮޑުންނެވެ. ސާފް ޗެންޕިއަންޝިޕް 2019 ގައި އަންޑަރ 18 ގައި ލޯމެޑަލް ހޯދި ޤައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި އަހުއްކޮއަކީ ޤައުމީޓީމުގައިވެސް މުހިންމު ޑިފެންޑަރެކެވެ. މީގެއިތުރުން 2023 ވަނަ އަހަރުގައި އެފްއޭއެމްގެ ދެވަނަ ޑިވިޝަން ސަސް އިން ކާމިޔާބުކުރުމުގައި އަހުއްކޮގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން އަހުއްކޮގެ ހުނަރާއި ޤާބިލުކަމަކީ ނިއުރޭޑިއަންޓުން ގަދަކޮށް ފުރަތަމަ ޑިވިޝަނަށް ނިކުންނައިރު، އެޓީމަށް ވަރަށް މުހިންމު ކުޅުންތެރިއަކަށްވާނެކަން ޔަޤީނެވެ.

ahunaf Rasheed (Ahukko).jpg

އަހުނަފް ރަޝީދު (އަހުއްކޮ) ނިއުގެ ޗެއާމަންއާއެކު

ނިއުއިން އަލުން އެކުލަވަލާ ސްކޮޑުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިޔަކީ މުޙައްމަދު ނިޒާމް (ޕީކޭ) އެވެ. ކްލަބް ވެލެންސިއާ އަދި މަޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ފަދަ ބޮޑެތި ކުލަބުތަކުގައި ކުޅެފައިވާ ޕީކޭ އަކީ 2021 ވަނަ އަހަރު ކުރިމަތިވި ބޮޑު އަނިޔާއަކުން އަރައިގަނެ، މިހާރު ވަރަށް ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއެކެވެ. އެގޮތުން ނިޒާމް އެންމެ ފަހުން ހުރީ ސުޕް ސްޕޯރޓްސް ޔުނައިޓެޑުގެ ކެޕްޓަނުގެ މަޤާމުގައެވެ. ޕީކޭއަކީ ދިވެހި ފުޓްބޯޅައިގެ މިހާރު ހުރި އެންމެ އުއްމީދީ ޒުވާން ހުނަރުވެރިންގެ ތެރެއިން އެކަކު ގޮތުގައި ފާހަގަކުރެވޭ ކުޅުންތެރިއެވެ.

IMG_6502[1].jpg

ޕީކޭ ނިއުގެ ޗެއާމަން އާއެކު

މީގެ އިތުރުން މިއަދު އިޢުލާްން ކުރި ސްކޮޑުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ މާޒިޔާގެ ކެޕްޓަން މުޙައްމަދު ޢިރުފާން އެވެ. އޭނާގެ ކެރިއަރ ފެށުނީ 2012 ވަނަ އަހަރު ކްލަބް ވެލެންސިއާ އިންނެވެ. އަދި 2013 ވަނަ އަހަރު ޔޫތު ޓީމުން ފަސްޓް ޓީމަށްއައިސް ޖެހިގެން އައި އަހަރު އޭނާ މަޒިޔާއާ ގުޅުނެވެ. އަދި މާޒިޔާގައި އެންމެ 3 އަހަރު ތެރޭގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ މުބާރާތްތަކުގެ ހުރިހާ ތަށްޓެއް ހޯދިއެވެ. އިރުފާން ވަނީ އޭއެފްސީ ކަޕްގައި މާޒިޔާ ތަމްސީލުކޮށް، ބައިނަލްއަޤްވާމީ ކްލަބް ތަޖުރިބާ ހޯދާފައެވެ. މީގެ އިތުރުން 2014 ވަނަ އަހަރު ހަވީރު ސްޕޯޓްސް އެވޯޑްސްގެ އަންޑަރ-21 އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ވަނީ ހާސިލް ކޮށްފައެވެ. ބައިނަލްއަޤްވާމީ މައިދާނުގައި އޭނާ ވަނީ 2012 އިން 2016 އަށް ދިވެހިރާއްޖޭގެ އަންޑަރ-23 ޓީމް ތަމްސީލުކޮށް، އެ މުއްދަތުގައި ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ. އެހެންކަމުން ނިއުއިން އެކުލަވާލި މިސްކޮޑްގައި މުޙައްމަދު އިރުފާނުގެ ދައުރު ވަރަށް ބޮޑުވާނެކަމަށް ބެލެވެއެވެ.

WhatsApp Image 2025-08-26 at 23.06.40_52f4dc79.jpg

| ފޮޓޯ: ވަންއޮންލައިން

މީގެއިތުރުން ނިއުއާއި މިއަދު ގުޅުނު ޙަސަން ރާއިފް އަޙްމަދު ، ނުވަތަ ހަންނާ އަކީ ދިވެހި ފުޓްބޯޅައަށް އައުނަމެއް ނޫނެވެ. ހަންނާ އެންމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައި ކުޅެފައިވާއިރު، އޭނާއަކީ ޤައުމީ ޓީމުގެ އެޓޭކިންގ ގައިވެސް މުހިންމު ދައުރެއް އަދާކުރަމުންގެންދާ ކުޅުންތެރިއެކެވެ. އޭނާ ފުރަތަމަ ފާހަގަކުރެވުނީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ސ. ހިތަދޫ އެފްޓީ އާއެކުގައެވެ. އޭގެފަހުން 2016 ގައި ކްލަބް އީގަލްސްއާ ގުޅި، ޒުވާނުންގެ ގިނަ މުބާރާތްތަކެއް ކާމިޔާބުކުރުމަށްފަހު ދިވެހި ޕްރިމިއަރ ލީގުގައި ފުރަތަމަ ފަހަރަށް ކުޅެ، 2016 ވަނަ އަހަރުގެ ރައީސް ކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. އޭނާ ޤައުމީ ޓީމަށް 2021 އޮކްޓޯބަރުގައި މާލޭގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ވަނީ ފުރަތަމަ ފަހަރަށް ކުޅެފައެވެ. އަޝްފާޤު އަދި ސެންޓޭއާއެކު ހަންނާގެ ތަޖުރިބާ ނިއުއަށް ކުރިޔަށް އޮތް ސީޒަނުގައި ވަރަށް މުހިންމުވާނެކަމަށް ބެލެވެއެވެ.

hanna.jpg

ހަންނާ ނިއުގެ ޗެއާމަންއާއެކު

ނިއުރޭޑިއަންޓްގެ އައު މެނޭޖްމަންޓުން ވަނީ ކުރިޔަށް އޮތް ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ފުޓްބޯޅައިގެ ފޯރިއާއި ޖޯޝު އަލުން ގަލޮޅު ދަނޑަށް ގެނައުމަށް އަމާޒު ހިފާފައެވެ. މިގޮތުން ރާއްޖޭގެ ނަން މަޝްހޫރު މޮޅެތި ގިނަ ކުޅުންތެރިންތަކެއް ނިއުރޭޑިއަންޓާ ގުޅިފައިވުމާއެކު، ކުރިޔަށް އޮތް ސީޒަނުގައި ގަލޮޅު ދަނޑު ކައްކާލުމަށް ޓީމު މިހާރު ވަނީ ތައްޔާރަށެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

95 ގެ ރަންޒަމާނުގެ ޖޯޒީ އަސްލަކަށް ބަލައިގެން ކުރިޔަށް އޮތް ސީޒަނުގެ ނިއުގެ ޖޯޒީ ނެރެނީކުޅިވަރު | 2 ދުވަސް ކުރިންނިއުގެ ހަގީގީ މަގާމަށް ވާސިލްވުމަށް ކުރާ ދަތުރުގެ ޕާޓްނަރަކަށް މެންދުރުޓީވީކުޅިވަރު | 3 ދުވަސް ކުރިންދަގަނޑޭ އާއި ސެންޓޭ ހިމެނޭހެން ތަޖުރިބާކާރު ކުޅުންތެރިންތަކެއް ނިއު އާއި ގުޅުނުކަން އިޢުލާންކޮށްފިކުޅިވަރު | 4 ދުވަސް ކުރިންތަޖުރިބާކާރު ކުޅުންތެރިޔާ ސެންޓޭ އެނބުރި ނިއުއަށްކުޅިވަރު | 5 ދުވަސް ކުރިން