logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުގެ ސައިންސާއި ޓެކްނޮލޮޖީ ތަރައްޤީކުރުމަށް ޗައިނާއާއި އެކު މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

އާމިނަތު ޝަފާ
28 އޯގަސްޓު 2025 - 12:06
ކަނޑުގެ ސައިންސާއި ޓެކްނޮލޮޖީ ތަރައްޤީކުރުމަށް ޗައިނާއާއި އެކު މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

ކަނޑުގެ ސައިންސާއި ޓެކްނޮލޮޖީ ތަރައްޤީކުރުމަސް ޗައިނާއާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ ދަށުން ހިންގާ ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީ (އެފްއައިއޯ) ގެެ ޑިރެކްޓަރ ޖެނެރަލް، ޕްރޮފެސަރ ޓީގަންގ ލީ މަޝްވަރާކުރައްވައިފިއެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރަގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީ (އެފްއައިއޯ) ގެ ިރެކްޓަރ ޖެނެރަލް، ޕްރޮފެސަރ ޓީގަންގ ލީ ގެ އިތުރުން އެފްއައިއޯގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވުޒާރަގެ ފަރާތުން ވަޒީރު ޝިޔާމްއާއި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ކަނޑުގެ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ އެ ދާއިރާ އިތުރަށް ތަރައްގީކޮށް ދެ ގައުމު ގުޅިގެން އެއްބާރުލުން ދިނުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އެގޮތުން އެކުގައި ކުރާ ދިރާސާތަކުގެ ހުށަހެޅުންތަކާއި، ތަމްރީނު އަދި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ސައިންޓިފިކް މަޢުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ކުރިއަށް އޮތްތަނުގައި ދެ ގައުމު ގުޅިގެން ކުރިއަށްގެންދާނެ މަސައްކަތްތަކާއި ކުރިމަގުގައި އެކުގައި މަސައްކަތްކުރުމަށް ރާވާފައިވާ އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

" ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް އިޤްތިޞާދީ ތަނަވަސްކަން ހޯދައިދިނުމަށް" ޚަބަރު | 3 ގަޑިއިރު ކުރިންކަނޑުގެ ސައިންސާއި ޓެކްނޮލޮޖީ ތަރައްޤީކުރުމަށް ޗައިނާއާއި އެކު މަސައްކަތް ކުރުމަށް މަޝްވަރާކޮށްފިޚަބަރު | އަހަރެއް ކުރިން