logo
Bank of Maldives

Bank of Maldives

ޚަބަރު

" ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް އިޤްތިޞާދީ ތަނަވަސްކަން ހޯދައިދިނުމަށް"

އައިޝަތު ނަޝާ
4 އޯގަސްޓު 2026 - 12:24
" ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް އިޤްތިޞާދީ ތަނަވަސްކަން ހޯދައިދިނުމަށް"

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ސައިންޓިފިކް ހޯދުންތަކުގެ އެހީގައި، ރާއްޖެއަށް ޙައްޤުވާ ފުރިހަމަ އިޤްތިޞާދީ ތަނަވަސްކަން ހޯދައިދިނުމަށްކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް، އެމްެެއެމްއެމްއާރުއައި އިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ހަވަނަ ސިމްޕޯސިއަމް، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވަޒީރު ވިދާޅުވީ ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި، ސައިންޓިފިކް ހޯދުންތަކާއި އީޖާދީ ވިސްނުންތަކުގެ އަލީގައި ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެ ފަދަ ކުދި ޖަޒީރާ، ބޮޑު ކަނޑެއް އޮތް ޤައުމަކަށް، ކަނޑުގެ ދިރުންތަކާ ބެހޭ މަޢުލޫމާތު މުއްސަނދިކުރުމާ އެއްވަރަށް، ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ޤާބިލުކަން އިތުރުކުރުމަކީވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

 "މި ސިމްޕޯޒިއަމްގައި ހުށަހެޅޭ ޢިލްމީ މަސައްކަތްތަކަކީ ނުހަނު އަގުހުރި މަސައްކަތްތަކެއް ކުރިއަށް އޮތް ދެ ދުވަހު މި ސިމްޕޯޒިއަމްގެ ތެރެއިން ބަދަލުކުރެވޭ މަޢުލޫމާތާއި ޢިލްމީ ހޯދުންތަކަކީ، ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ބޭނުންކުރުމަށް އެކުލަވައިލާ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަން" ވަޒީރު ޝިޔާމް

އުންމީދަކީ ބައިނަލްއަޤްވާމީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން، ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް މަސައްކަތްތަކަކަށް ހެދުން ކަމަށާ މިފަދަ ގުޅުންތަކަކީ ހަމައެކަނި ޢިލްމު އުނގެނުމަށް އޮތް ފުރުޞަތެއް ނޫން ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ރާއްޖޭގެ އަންނަން އޮތް ޖީލުގެ ސައިންސްވެރިންނާއި، ދިރާސާވެރިން އަދި ކަނޑުފަޅުގެ ކަންކަމުގައި އިސްނަގާނެ ލީޑަރުން ބިނާކުރުމަށް ލިބޭ މުހިންމު ބާރެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއަދު ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ހުނަރުވެރިން ބިނާކުރުމަށް ކުރާ އިންވެސްޓްމަންޓަކީ، މާދަމާ ރާއްޖޭގެ އެންމެ ބޮޑު ޤުދުރަތީ ރަޙުމަތް ކަމުގައިވާ ކަނޑުފަޅުގެ މާޙައުލު ރައްކާތެރިކުރުމަށް އަންނާން އޮތް ޖީލުތައް ތައްޔާރުކުރުން ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

" ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް އިޤްތިޞާދީ ތަނަވަސްކަން ހޯދައިދިނުމަށް" ޚަބަރު | 2 ގަޑިއިރު ކުރިންކަނޑުގެ ސައިންސާއި ޓެކްނޮލޮޖީ ތަރައްޤީކުރުމަށް ޗައިނާއާއި އެކު މަސައްކަތް ކުރުމަށް މަޝްވަރާކޮށްފިޚަބަރު | އަހަރެއް ކުރިން