logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ ސިންތެޓިކް ޓުރެކް ލަސްވެގެން ޑިސެމްބަރުގައި އެޅޭނެ: ރައީސް

އާމިނަތު ޝަފާ
28 އޯގަސްޓު 2025 - 13:49
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ ސިންތެޓިކް ޓްރެކްގެ މަސައްކަތް ލަސްވެގެން ޑިސެމަބަރު މަހު އެޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ގެންނަމުންދާ ތަރައްގީތަކުގެ ތެރެއިން އެންމެ ލަސްވެފައިވާ މަޝްރޫއަކީ ސިންތެޓިކް ޓްރެކް ގާއިމުކުރުންކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ މިހާރުގެ ވިސްނުމަކީ މިމަޝްރޫއު ދިގުލައިގެން ދިޔަނުދީ ވީހާވެސް އަވަހަކަށް މިމަސައްކަތުގެ އަމަލީ މަސައްކަތް ފެށުންކަމަށެވެ.

ރައީސް ވިދާޅުވީ މިމަޝްރޫއުގެ ސަބަބުން އެތުލެޓިކްއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ. އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކްތަކުގެ ސަބަބުން އެތުލީޓުންނަށް ތަމްރީނުތައް ހެދުމަށް ލުއިފަސޭހަވެ މިކުޅިވަރުން އައު ކުޅުންތެރިންތަކެއް އުފަންވެގެންދާނެކަމަށް ރައީސް ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ އިތުރުން، ފުޓުބޯޅަ އާއި ހޭންޑް ބޯލް ކުޅޭ ޑުއަލް ދަނޑެއްގެ މަސައްކަތްވެސް ކުރިއަށްގެންދަވާނޭ ކަމަށެވެ. މީގެ އިތުރުން ސިންތެޓިކް ޓްރެކްގެ މަސައްކަތް ޑިސެމްބަރު މަހު ފައްޓަވައި، އަންނަ މަހު ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޓޯނަމަންޓަށް އަމާޒުކުރައްވައިގެން ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ޤާއިމުކުރައްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 8 ގަޑިއިރު ކުރިންރާއްޖެއާއި ލަންކާއާ ދެ ޤައުމުން ހިއްސާކުރާ ސަރަހައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކަން ތާރީޚުން ހެކިދޭ: ރައީސް ޑރ. މުޢިއްޒުޚަބަރު | 8 ގަޑިއިރު ކުރިންކެންސަރު ބަލި ޖެހުން މަދުކުރުމަށް ފިޔަވަޅު އެޅުން މުހިންމު: ރައީސްޚަބަރު | 12 ގަޑިއިރު ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވެވުން މާދަމާޚަބަރު | 14 ގަޑިއިރު ކުރިން