އަމީނިއްޔާއިން އެއްވަނަ އައްމާރަށް، ދެވަނަ ޠަލޫޤަށް ތިންވަނަ މާޝާއަށް
29 އޯގަސްޓު 2025 - 04:13

2023-2024 ވަނަ ދިރާސީ އަހަރު އަމީނިއްޔާ ސްކޫލުން އެންމެ މޮޅު ދަރިވަރަކީ ޢައްމާރު ބިން މުޞްޠަފާއެވެ. ދެވަނަ ދަރިވަރަކީ މުޙައްމަދު ޠަލޫޤު ސަމީރެވެ. ތިންވަނަ ދަރިވަރަކީ މާޝާ މުޖުތަބާ ޢަލީއެވެ.
އަމީނިއްޔާގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޝަފީޢުއެވެ.

Ad by Hajj Corporation
އެއްވަނައަށް ދިޔަ އައްމާރަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. އަދި ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ އޭނާ ހޯދާފައިވެއެވެ. ދެވަނައަށް ދިޔަ ޠަލޫޤަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ދާއިން ކަނބާ ހައުސްގެ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ އޭނާ ވެސް ހޯދާފައިވެއެވެ.
އަމީނިއްޔާއިން ތިންވަނައަށް ދިޔަ މާޝާއަކީ ރާދަފަތި ހައުސްގެ މިދިޔަ އަހަރުގެ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ހަވަނަ އޭނާއަށް ލިބިފައިވެއެވެ.
އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ހޯދާ ނަތީޖާ އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމަށް ސްކޫލުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 2024 ވަނަ އަހަރު އެސްއެސްސީ އަދި ޖީއެސްސީ އިމްތިޙާނުގައި ސްކޫލުން ބައިވެރިވީ 178 ދަރިވަރުންނެވެ. މީގެތެރެއިން 5 މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 62.9 އިންސައްތައެވެ. 2024 ވަނައަހަރު، ނޭޝަނަލް ޓޮޕްޓެންގައި އަމީނިއްޔާ ސްކޫލުގެ 18 ދަރިވަރުން ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ.
ހަފްލާގައި ވާހަކަދައްކަވަމުން ސުކޫލުގެ ޕްރިންސިޕަލް ރިންޒީ އިބްރާހީމް ވަހީދު ވަނީ ރިވެތި އަޚުލާޤާ އެހެންމީހުންނަށް އިޙްތިރާމްކުރުމުގެ ސިފަ ކުދިންގެ ކިބައިގައި އަށަގެންނެވުމަށް އިލްތިމާސްކުރައްވާފައެވެ.
ކޮންމެ ދާއިރާއަކުން ކުރިޔަށްދިޔަޔަސް އެ ދާއިރާއަކުން އުނގެނުން ވަރަށް މުހިއްމުކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކިޔަވައިދެއްވުމުގައިމިނިވަންކަމާއެކު އަމިއްލައަށް އުނގެނުމަށް ފުރުސަތު ލިބޭފަދަ މާޙައުލެއް ދަރިވަރުންނަށް ފަހިކޮށްދެއްވުމަށް ވާހަކަފުޅު ނިންމަވާލައްވަމުން އޭނާވަނީ މުދައްރިސުންނަށް އިލްތިމާސްކޮށްފައެވެ.


