logo
MPL

MPL

ޚަބަރު

ފަލަސްތީނުގެ ކުދިންނަށް ދިމާވެފައިވާ ތައުލީމީ ގޮންޖެހުންތައް ހައްލުކޮށްދޭން ގޮވާލައްވައިފި

އާމިނަތު ޝަފާ
4 އޮކްޓޯބަރު 2024 - 04:15
އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު
އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު

ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްކޮށް އެ ޤައުމުގެ ކުދިންނަށް ކުރިމަތިވެފައިވާ ތަޢުލީމީ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީޢު ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޑރ. ޝަފީޢު މިކަމަށް ގޮވާލެއްވީ ތިންވަނަ އައިސްސްކޯ އެޑިއުކޭޝަން މިނިސްޓަރުގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމިކް ވާރލްޑް އެޑިއުކޭޝަނަލް، ސައިންޓިފިކް، އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ ތިން ވަނަ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން ކުރިއަށް ދަނީ އޮމާންގެ ވެރިރަށް މަސްކަޓްގައެވެ.

މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ތަޢުލީމު ބަދަލުކުރުމަށް ޤައުމުތަކަށް ބާރުއެޅުމާއި، ޓްރާންސްފޯމިންގ އެޑިޔުކޭޝަން ސަމިޓުގެ ނިންމުންތައް ތަންފީޒުކުރަން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.

މި ކޮންފަރެންސްއަށް މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "ބިޔޯންޑް ޓްރާންސްފޯމިންގ އެޑިޔުކޭޝަން ސަމިޓް: ފްރޮމް ކޮމިޓްމަންޓް ޓު އެކްޝަން"އެވެ. މި ޝިޔާރުގެ ދަށުން ތަޢުލީމު ފޯރުކޮށްދިނުމުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދިއުމާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް އެޑިއުކޭޝަނާއި، ކުއްލި ޙާލަތްތަކުގައި ތަޢުލީމު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެވިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ވަޒީރު ހިތްވަރު ދެއްވައިފިޚަބަރު | 2 މަސް ކުރިން އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފަށައިފިޚަބަރު | 2 މަސް ކުރިންއަންނަ ދިރާސީ އަހަރަށް އެލްކޭޖީ އަދި ގްރޭޑް 1 އަށް ވެއްދުމަށް ހުޅުވާލައިފިޚަބަރު | 3 މަސް ކުރިން"ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ކުރިއަރާފައިވާ ގައުމުތަކާ ހަމާގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއްޚަބަރު | 3 މަސް ކުރިން