logo
MPL

MPL

ޚަބަރު

"ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ކުރިއަރާފައިވާ ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭނެ މަޝްރޫޢެއް: ޑރ. ޝަފީޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖުލައި 2026 - 18:09
ޑރ. ޝަފީޢު
ޑރ. ޝަފީޢު

ސަރުކާރުން އަލަށް ފެށި "ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ދިވެހި ރައްޔިތުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވައި، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއް ހަމައެއްގައި ރާއްޖެއަށް ފައިތިލަ ސާބިތުކުރުމަށް މަގުފަހިވެގެންދާނެ މުހިންމު މަޝްރޫޢެއް ކަމަށް ތައުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

"ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފުތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2040 ވަނަ އަހަރަށް ގެންގުޅުއްވާ ތަސައްވުރާ އެއްގޮތަށް، ރާއްޖެއަކީ ޓެކްނޮލޮޖީގެ ގޮތުން ގާބިލު އަދި ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިން އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ރަށު ކައުންސިލްތަކާ ގުޅިގެން ކޮންމެ ރައްޔިތަކީ ޑިޖިޓަލް ނިޒާމްތައް ބޭނުންކުރަން ދަންނަ މީހަކަށް ހެދުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ކުދިކުދި ތަމްރީނުތަކާއި ހުނަރުތައް އެއްކޮށްލައިގެން ރަސްމީ ސެޓްފިކެޓާ ހަމައަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)، މައިންޑްކޯ، މޯލްޑިވްސް ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގުޅިގެން ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުރިއަށްދެވޭނެ މަގު ފަހިކޮށްދީ، އުފެއްދުންތެރި އަދި ޢިލްމީ ޖީލެއް ބިނާކުރުން ކަމަށް ވެސް ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ކުރިއަރާފައިވާ ގައުމުތަކާ ހަމާގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއްޚަބަރު | 3 މަސް ކުރިންދަރިވަރުން އުނގެނުމުގެ ޒިންމާ ނަގާނަމަ މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ: އެޑިއުކޭޝަން މިނިސްޓަރުޚަބަރު | 4 މަސް ކުރިންދިރާސީ އައު އަހަރަށް މަދަރުސާތައް މަރާމާތުކުރުމަށް 20 މިލިއަން ރުފިޔާ ހޭދަވޭޚަބަރު | 10 މަސް ކުރިން210 ބައިވެރިންނާއެކު ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފިޚަބަރު | އަހަރެއް ކުރިން