logo
MPL

MPL

ޚަބަރު

ދިރާސީ އައު އަހަރަށް މަދަރުސާތައް މަރާމާތުކުރުމަށް 20 މިލިއަން ރުފިޔާ ހޭދަވޭ

އިސްމާޢިލް ރާތިޢު
14 ޖެނުއަރީ 2026 - 05:14
ދިރާސީ އައު އަހަރަށް މަދަރުސާތައް މަރާމާތުކުރުމަށް 20 މިލިއަން ރުފިޔާ ހޭދަވޭ

ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން މަދަރުސާތައް މަރާމާތުކުރުމަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާކަމަށް، ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ދެ އަހަރަކީ ސްކޫލްތަކުގެ ޢުމްރާނީ މަސައްކަތްތަކަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ އަހަރުތައްކަމަށާއި ފާއިތުވި ދެ އަހަރެކޭ އެއްގޮތަށް، މިއަހަރުވެސް ދިރާސީ އައު އަހަރަށް ތައްޔާރުވުމަށް ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެގޮތުން ވަޒީރު ފާހަގަކުރެއްވިގޮތުގައި މަަރުސާތަކަށް ބޭނުންވާ މަރާމާތަކީ އެންމެ އިސްކަން ދީގެން ކުރިއަށްގެންދާ އެއް މަސައްކަތެވެ.

މާލެއާއި އަތޮޅުތަކުގެ މަދަރުސާތަކުންވެސް މަރާމާތަށް ބޭނުންވެގެން ވަރަށް ގިނަ ހުށަހެޅުންތައް އައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންދިއުމަށް ބޭނުންވާ ކަންކަން ސްކޫލްތަކަށް ހަމަޖައްސައިދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރޭގައި ބޮޑެތި މަރާމާތުގެ މަސައްކަތްތައްވެސް ހިމެނެއެވެ. އޭގެތެރެއިން ސްކޫލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ނިންމާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އަދި ދެން ހިމެނޭ މަސައްކަތްތައް އެއަށްފަހު ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިރާސީ އަހަރުގެ ތައްޔާރީތައް، ވުޒާރާއާއި ސްކޫލްތައް ގުޅިގެން ކުރިއަށްދަނީ ވަރަށް ފުރިހަމައަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ކުރިއަރާފައިވާ ގައުމުތަކާ ހަމާގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއްޚަބަރު | 3 މަސް ކުރިންދަރިވަރުން އުނގެނުމުގެ ޒިންމާ ނަގާނަމަ މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ: އެޑިއުކޭޝަން މިނިސްޓަރުޚަބަރު | 4 މަސް ކުރިންދިރާސީ އައު އަހަރަށް މަދަރުސާތައް މަރާމާތުކުރުމަށް 20 މިލިއަން ރުފިޔާ ހޭދަވޭޚަބަރު | 10 މަސް ކުރިންތަޢުލީމަށް އަހަރަކު 4 ބިލިއަން ޚަރަދުވޭ، ނަމަވެސް ނަތީޖާތައް ދަށް: ވަޒީރުޚަބަރު | އަހަރެއް ކުރިން