logo
MPL

MPL

ޚަބަރު

ދަރިވަރުން އުނގެނުމުގެ ޒިންމާ ނަގާނަމަ މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ: އެޑިއުކޭޝަން މިނިސްޓަރު

އަޙުމަދު ރިޝާން
11 ޖުލައި 2026 - 06:53
ދަރިވަރުން އުނގެނުމުގެ ޒިންމާ ނަގާނަމަ މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ: އެޑިއުކޭޝަން މިނިސްޓަރު

މިހާރަށް ވުރެ ބޮޑަށް ދަރިވަރުން އުނގެނުމަށް ޒިންމާވާންޖެހޭ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ ވާހަކަފުޅުދައްކަވަމުން, ވަޒީރު ވިދާޅުވީ ދަރިވަރުންގެ އުނގެނުމަށް އަމިއްލައަށް ޒިންމާދާރުވުމަކީ މުހިއްމު ކަމެއް ކަމަށާއި އެއީ ދަރިވަރުންނަށް އުނގެނުމުގެ އުކުޅުތައް ފަސޭހައިން ދަސްވާނެ ކަމެއް ކަމަށެވެ. އަދި މިހާރު ހޯދާ ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ހާސިލްކުރަން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ތައުލީމާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްވަމުން ވަޒީރު ވިދާޅުވީ ކުދިން ސްކޫލަށް ދިއުމަށް ފަހު ޓިއުޝަންގައި ހޭދަކުރާ ވަގުތުތައް ގިނަ ކަމަށާއި ޓިއުޝަންގައި ގިނަވަގުތު ހޭދަކުރާ ސަގާފާތެއް އުފެދިފައިވާ ކަމަށެވެ. އަދި ކުދިންނަށް ކިޔެވުމުގެ އިތުރަށް ކުޅިވަރު ކުޅުމާއި އެހެނިހެން ކަންކަމަށް ވަގުތު ބޭނުންވާ ކަމަށާއި، ކުދިންނަށް ސްކޫލުން ބޭރުން އެހީތެރިކަން ފޯރުކޮށްދޭން ވަނީ ސްކޫލްގައި އުނގަނައިދޭ އެއްޗަކާއި ކުދިން ދުރުނުވާނެ ގޮތަކަށް ވިސްނައިގެން ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ދަރިވަރުންނަށް ވަގުތު މެނޭޖްކުރަން ދަސްކޮށްދޭންޖެހޭ ކަމަށެވެ. އަދި ހަމައެކަނި ޓިއުޝަނާއި އުނގެނުމުގައި ދަރިވަރުންގެ ވަގުތުތައް ނަގާލުމަކީ ދަރިވަރުންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވެސް ވަޒީރު ފާހަގަ ކުރެއްވެވި އެވެ.

މަތީ އަރުތަވެރިންގެ އެވޯޑް 2025 ކުރިއަށް ދެ ދެދުވަހަށް ދިގު ދެމިގެންދާނެ އެވެ. އެގޮތުން މިއަދު 3 ދަންފަޅި އަދި މާދަމާ 2 ދަންފަޅިއަށް އިނާމު ދިނުމަށް ނިންމާފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ކުރިއަރާފައިވާ ގައުމުތަކާ ހަމާގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއްޚަބަރު | 3 މަސް ކުރިންދަރިވަރުން އުނގެނުމުގެ ޒިންމާ ނަގާނަމަ މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ: އެޑިއުކޭޝަން މިނިސްޓަރުޚަބަރު | 4 މަސް ކުރިންދިރާސީ އައު އަހަރަށް މަދަރުސާތައް މަރާމާތުކުރުމަށް 20 މިލިއަން ރުފިޔާ ހޭދަވޭޚަބަރު | 10 މަސް ކުރިންތަޢުލީމަށް އަހަރަކު 4 ބިލިއަން ޚަރަދުވޭ، ނަމަވެސް ނަތީޖާތައް ދަށް: ވަޒީރުޚަބަރު | އަހަރެއް ކުރިން