ނޭވާ ހޮޅީގައި އޮތް އަމޮރިމް ސަލާމަތްވީ އޯން ގޯލަކާއެކު އިތުރު ވަގުތުގެ ޕެނަލްޓީއަކުން
30 އޯގަސްޓު 2025 - 16:32

ޕްރިމިއަރ ލީގުގެ މެޗްޑޭ ތިނެއްގައި މެންޗެސްޓަރ ޔުނައިޓެޑް ބާންލީއާ ދެކޮޅަށް ކުޅުނު މެޗް 3-2 އިން ކާމިޔާބުކޮށްފައެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ޔުނައިޓެޑްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ.
މިސީޒަނުގައި މިމެޗާހަމައަށް މޮޅެއް ލިބިފައި ނުވުމުން މިމެޗަށް ނިކުތްއިތު ޔުނައިޓެޑްގެ ކޯޗު އަމޮރިމް އޮތީ ހޫނުފެނުގައެވެ. މެޗު ފެށިގެން ނިމުމާއި ހަމައަށް ޔުނައިޓެޑް ގެ ކުޅުންތެރިންގެ ފަރާތުން މިމެޗުގައި ކޮންމެހެންވެސް ތިން ޕޮއިންޓް ހޯދަން އަޒުމުގައި ތިބިތަން ފެނިގެންދިޔައެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ގޯލު ޔުނައިޓެޑަށް ކާމިޔާބުވީ 27 ވަނަ މިނެޓުގައި ބާންލީ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. ނަމަވެސް ދެވަނަ ހާފުފެށިގެން 55 ވަނަ މިނެޓުގައި ބާންލީއިން ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފައެވެ. އަދިއޭގެ މިނެޓެއްފަހުން ޔުނައިޓެޑާއި މިސީޒަނުގައި އަލަށް ގުޅުނު އެމްބޫމޯ ވަނީ ގޯލެއް ޖަހައި ދެވަނަ ފަހަރަށް ލީޑުނަގާދީފައެވެ. ނަމަވެސް ބާންލީއިން ވަނީ 66 ވަނަ މިނެޓުގައި ގޯލެއް ގޯލެއް ޖަހައި މެޗު އެއްވަރުކޮށް ޔުނައިޓެޑް ޕްރެޝަރަށް ވައްޓާލާފައެވެ. ޔުނައިޓެޑަށް މި މެޗުގެ ކާމިޔާބީ ގޯލު ޖަހައިދިނީ 97 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ.
އަމޮރިމް ފަހުވަގުތު ހިންދެމިލައިގެން
މިނަތީޖާއާއެކު މެންޗެސްޓަރ ޔުނައިޓެޑް ވަނީ ތިން މެޗުން 4 ޕޮއިންޓާއެކު 9 ވަނަ އަށް ޖެހިލާފައެެވެ.
މީގެ އިތުރުން ޕްރީމިއަރ ލީގުގައި މިރޭ ޓޮޓްނަމް ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތުއަތުން 1-0 އިން ބަލިވެފައެވެ. މިމެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ 5 ވަނަ މިނެޓުގައި ބޯންމައުތްގެ ބްރެޒިލްގެ ފޯވާޑް އެވަނިލްސަންއެވެ.