logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ވޯލްޑް ޗެންޕިއަންސް ދޫކޮށްލައި ފަހުވަގުތު ލަމެންސް މެންޗެސްޓަރ ޔުނައިޓެޑުން ސޮއިކޮށްފި

އަބްދުﷲ ޣާނިމް
1 ސެޕްޓެމްބަރު 2025 - 11:09
ވޯލްޑް ޗެންޕިއަންސް ދޫކޮށްލައި ފަހުވަގުތު ލަމެންސް މެންޗެސްޓަރ ޔުނައިޓެޑުން ސޮއިކޮށްފި

މެންޗެސްޓަރ ޔުނައިޓެޑްއިން ބެލްޖިއަމްގެ ގޯލްކީޕަރ ސެނެ ލަމެންސް ގެ ސޮއި ހޯދައިފިއެވެ. މި އެއްބަސްވުމުގެ ދަށުން 21 މިލިއަން ޔޫރޯއާއި އިތުރު އެޑް-އޮންތަކެއް ހިމެނޭ ގޮތަށް އޭނާ ޔުނައިޓެޑްއާ ގުޅޭނެއެވެ.

ލަމެންސްގެ ސޮއި ހޯދުމަށް ޔުނައިޓެޑުން މަސައްކަތް މިދިޔަ ހަފްތާގައިވެސް ޔުނައިޓެޑުން ކުރިއިރު، އިއްޔެ ވަނީ ޔުނައިޓެޑާއި މާޓީނޭޒް އާއި ދެމެދު އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން އެސްޓަން ވިލާގެ ފަސްޓް ޗޮއިސް ކީޕަރު ރޭގެ މެޗު ސްކޮޑުންވެސް ވަނީ ބާކީކޮށްފައެވެ. އަދި އެނާ ސްކޮޑުން ބާކީކުރީ ޔުނައިޓެޑާއި ދެމެދު ދެކެވޭ ޓްރާންސްފާ ވާހަކަތަކައް ބަލާފައިކަމަށް ވިލާގެ ކޯޗު ބުނެފައިވެއެވެ. ނަމަވެސް އެސްޓަންވިލާ އާއި ޔުނައިޓެޑާއި ދެމެދު އޭރުއޮތީ ކުލުންތެރިޔާގެ އަގު ފައިނަލް ނުވެއެވެ. 32 އަހަރުގެ މިކުޅުންތެރިޔާ އަށް އެސްޓަންވިލާއިން ޑިމާންޑް ކުރާ އަދަދަށް ޔުނައިޓެޑުން ދޭކަށް ބޭނުމެއް ނުވެއެވެ. މިއަދު ޓްރާންސްފާ މާކެޓް ބަންދުވާއިރަށް ދެކުލަބުން އެއްބަސްވުމަކަސް ނާދެވިދާނެކަމުނގެ ބިރަށް، ޔުނައިޓެޑުން ވަނީ ފޯކަސް ލަމެންސް އާއި ދިމާލަށް މިއަދު އަނެއްކާވެސް އަނބުރާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

23 އަހަރުގެ ގޯލްކީޕަރ ލަމެންސް އާއެކު ސޮއިކުރެވޭނީ ފަސް އަހަރުގެ އެއްބަސްވުމަކަސް އަިސްފައެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި ލަމެންސް އަންނަ ހަފްތާގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްއާ ރަސްމީކޮށް ގުޅޭނެއެވެ. އޭނާ މިހާރު ކުޅެމުންދަނީ ބެލްޖިއަމްގެ ކްލަބް އެންޓްވަރޕް އަށެވެ.

ޒުވާން ގޯލްކީޕަރ ލަމެންސްއަކީ ބެލްޖިއަމްގެ ޤައުމީ ޓީމުގެ ސްކޮޑުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ. ލެމްނެސް ގެ ސޮއި ހޯދުމަށް މިޓްރާންސްފާގެ ކުރީކޮޅުގައި ޔުނައިޓެޑް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޓީ ސައިޒަށް ކަނޑައި މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލްފެ ސަޕޯޓަރުންނަށާް އުފާވެރިކަން ގެނެސްދީފިކުޅިވަރު | ދުވަހެއް ކުރިންސީޒަން ނިމެންދެން މެންޗެސްޓާ ޔުނައިޓެޑްގެ އިންޓަރިމް ކޯޗަކަށް މައިކަލް ކެރިކް ހަމަޖައްސައިފިކުޅިވަރު | 5 ދުވަސް ކުރިންއެފްއޭ ކަޕުން ޔުނައިޓެޑް ކަޓައި ސީޒަން ހުސްއަތާ ނިންމާލަނީ، ޗެލްސީ އާއި އާސެނަލް ކުރިއަށްކުޅިވަރު | 7 ދުވަސް ކުރިންކޯޗު ބޭރުކޮށްގެންވެސް ނަތީޖާ ބަދަލެއް ނުވޭ! ލީގުގައި މޮޅެއް ނުލިބި ތިންމެޗު ޔުނައިޓެޑުން ހަމަކޮށްފިކުޅިވަރު | 11 ދުވަސް ކުރިން