logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޮނޑިބަތް ބަހަންވީ! ފުރަތަމަ ފަހަރަށް އަމޯ ޖެހިޖެހިގެން ތިން މެޗުން މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
25 އޮކްޓޯބަރު 2025 - 18:54
ބޮނޑިބަތް ބަހަންވީ! ތާފުރަތަމަ ފަހަރަށް އަމޯ ޖެހިޖެހިގެން ތިން މެޗުން މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ބްރައިޓަން އެންޑް ހޯވް އެލްބިއަން 4-2 އިން ބަލިކޮށް އަމޮރިމްގެ ޔުނައިޓެޑްގެ އެއް އަހަރުވީ ކޯޗު ކެރިއަރުގައި ޖެހިޖެހިގެން ފުރަތަމަ ފަހަރަށް ތިން މެޗުން މޮޅުވެއްޖެއެވެ. މިމޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑް ވަނީ ލީގުގެ ތާވަލުގެ ހަތަރު ވަނައަށް އަރާފައެވެ.

މިއީ ފާއިތުވެދިޔަ އެއް އަހަރު ދުވަހު، ޖެހިޖެހިގެން ދެމެޗުން މީގެ މޮޅުވެފައި ނުވާ މެންޗެސްޓަރ ޔުނައިޓެޑް އަށް ލިބުނު ވަރަށް މުހިންމު، އަދި އެހާމެ ފޮނި ނަތީޖާއެކެވެ. މިއީ އޯލްޑް ޓްރެފޯޑްގައި ބްރައިޓަންއަށް ލިބެމުންދިޔަ ކާމިޔާބީތަކުގެ ސިލްސިލާއަށް ނިމުމެއް ގެނެސްދިން މެޗެކެވެ. މީގެ ކުރިން ބްރައިޓަން ވަނީ އެ ޓީމާ ދެކޮޅަށް ކުޅުނު ފަހުގެ ހަތް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށް، އޯލްޑް ޓްރެފޯޑްގައި ވެސް ޖެހިޖެހިގެން ތިންމެޗުން ކާމިޔާބީ ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުނައިޓެޑުން މި ސީޒަނުގައި 200 މިލިއަން ފައުންޑް (266 މިލިއަން ޑޮލަރު) ހަރަދުކޮށް ޓީމަށް އިތުރުކުރި އެޓޭކިން ތިން ކުޅުންތެރިން ކަމަށްވާ މެތިއުސް ކޫނިޔާ، ބްރަޔާން އެމްބޫމޯ އަދި ބެންޖަމިން ސެސްކޯ އަންނަނީ މިހާރު ފޯމު ރަނގަޅުވަމުންނެވެ. އެގޮތުން މިމެޗުގައި ބްރަޔާން އެމްބޫމޯ ދެގޯލު ޖަހާފައިވާއިރު، ކޫނިޔާ ވެސް ވަނީ ގޯލެއް ޖަހާފައެވެ. އަދި ސެޝްކޯ ވަނީ އެސިސްޓެއް ދީފައެވެ. ޔުނައިޓެޑްގެ އަނެއް ގޯލު ކާމިޔާޞުކޮށްދިނީ ކަސެމީރޯއެވެ.

މިނަތީޖާ އާއެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 4 ވަނައިގައި އޮތްއިރު، ޔުނައިޓެޑް ވަގުތީގޮތުން މިވަގުތު އޮތީ ލިވަޕޫލް އަދި ޗެލްސީއަށްވުރެ ވެސް ކުރީގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ކެރިކްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބަލިކުޅިވަރު | 9 ދުވަސް ކުރިންއަހަރު ފެށުނުފަހުން އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައަށްކުޅިވަރު | 12 ދުވަސް ކުރިންބެންޖަމިން ސެސްކޯގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން އެވަަޓަން ބަލިކޮށްފިކުޅިވަރު | 18 ދުވަސް ކުރިންޔުނައިޓެޑް ޖެހިޖެހިގެން ފަސް މެޗުން މޮޅުވުން ފެއިލްވެ، ސަޕޯޓަރ ޔުނައިޓެޑް ސްޓްރޭންޑްގެ ބޯކޮށުމުގެ އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިން