logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުނައިޓެޑްގެ ހަތުރުވެރިންނަށް ހިތާވެރި ޚަބަރެއް، ވޯލްޑްޗެންޕިއަން އެމީ މާޓީނޭޒް ޔުނައިޓެޑަށް

އަބްދުﷲ ޣާނިމް
31 އޯގަސްޓު 2025 - 13:52
ޔުނައިޓެޑްގެ ހަތުރުވެރިންނަށް ހިތާވެރި ޚަބަރެއް، ވޯލްޑްޗެންޕިއަން އެމީ މާޓީނޭޒް ޔުނައިޓެޑަށް

ވޯލްޑް ޗެންޕިއަން އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނެޒް މެންޗެސްޓަރ ޔުނައިޓެޑާ ގުޅުމަށް ކުޅުންތެރިޔާ އާއި ދެމެދު އެއްބަސްވުމަކަށް އައިސްފިއެވެ.

ޑެހެޔާ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމަށްފަހު ޔުނައިޓެޑަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯލު ކީޕަރުންގެ މައްސަލައެވެ. އެކަން މިސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ވަނީ ފެނިގެން ގޮސްފައެވެ. ޔުނައިޓެޑުގެ ގޯލް ކީޕަރުން ކަމުގައިވާ އާންދްރޭ އޮނާނާ އަދި އަލްޓައި ބައިންދިރު ދައްކަމުންދާ ފެންވަރާމެދު ހިތްހަމަނުޖެހުމާއެކު، ޔުނައިޓެޑް ވަނީ ޓްރާންސްފާ މާކެޓް ބަންދުވާން ފަހުވަގުތަށް ވެފައިވަނިކޮށް ކީޕަރެއް ހޯދުމަށްވަނީ އަވަސް މަސައްކަތްތަކެއް ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔުނައިޓެޑްގެ ސްކޮޑުގައި ތިބި ކުޅުންތެރިން ވެސް މިހާރުގެ ގޯލްކީޕަރުންނާމެދު އިތުބާރު ގެއްލިފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި މޫސުމުގައި ފޯވަޑް ލައިނަށް 200 މިލިއަން ޕައުންޑަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހޭދަކޮށްފައިވުމާއެކު، ގޯލްކީޕަރެއް ގަތުމަށް ބަޖެޓުން ބޮޑު އަދަދެއް ނުލިބޭނެއެވެ.

ކުރިން ރޯޔަލް އެންޓްވާޕްގެ ސެނެ ލެމެންސްއާ ގުޅުމަށް މަސައްކަތްކުރި ނަމަވެސް، މިހާރު ޔުނައިޓެޑް ވަނީ މާޓިނެޒްއާ ދިމާއަށް އެނބުރިފައެވެ. މީގެ ކުރިންވެސް ޔުނައިޓެޑުން މިސީޒަނުގައި މާޓިނެޒް ލޯނުގައި ގެނައުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވެއެވެ.

މިއާއެކު ހޯމަ ދުވަހުގެ ރޭ ޓްރާންސްފަރ ވިންޑޯ ބަންދުވުމުގެ ކުރިން އައު ގޯލްކީޕަރަކު ޔުނައިޓެޑްއާ ގުޅޭނެކަން ކަށަވަރެވެ. މިވަގުތު ކުލަބުން ކުރިޔަށް ގެންދަނީ އެސްޓަންވިލާ އާއެކު ފީއަކަށް އެއްބަސްވުމުގެ މަސައްކަތްތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޫނިއާގެ ލަނޑާއެކު ޔުނައިޓެޑުން ފުލަމްއާ އެއްވަރުކޮށް ލަދުވެތި ބަލިވުމަކުން ސަލާމަތްވެއްޖެކުޅިވަރު | 2 ދުވަސް ކުރިންމެސީ ލައިޓް 2.0 ބާސެލޯނާއަށް ސޮއިކުރުމުގެ މަގުމަތީގައިކުޅިވަރު | 4 ދުވަސް ކުރިންއަމިއްލަ ދަނޑުގައި ދެގޯލު ޖަހާފައިވަނިކޮށް ލަދުވެތި ގޮތަކަށް ފަހަތުން އަރައި ޔުނައިޓެޑް ކަޕުން ބޭރުކޮށްލައިފިކުޅިވަރު | 6 ދުވަސް ކުރިންމެސީ ލައިޓް 2.0 މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފިކުޅިވަރު | 7 ދުވަސް ކުރިން