logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ކުޅިވަރު

އެމީ މާރޓީނޭޒްގެ ސޮއި ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ފަށައިފި

އަބްދުﷲ ޣާނިމް
16 ޖުލައި 2025 - 05:49
އެމީ މާރޓީނޭޒްގެ ސޮއި ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ފަށައިފި

އެސްޓަން ވިލާގެ ގޯލްކީޕަރ އެމިލިއާނޯ "ޑިބޫ" މާޓިނޭޒް މި އަހަރުގެ ސަމަރ ޓްރާންސްފަރ މާކެޓްގައި ކުލަބް ދޫކޮށްލާނެކަމަށް ބެލެވޭއިރު، މިކުޅުންތެރިޔާގެ ސޮއި ހޯދުމުގެ ޝައުޤުވެރިކަން ގިނަ ކުލަބުތަކުން ވަނީ ފާޅުކޮށްފައެވެ. އެސްޓަން ވިލާއާއެކު ފާހަގަކޮށްލެވޭ ސީޒަންތަކެއް ހޭދަކުރުމަށްފަހު، ވޭތުވެދިޔަ ސީޒަނުގެ ފަހުމެޗުގައި އޭނާ ވަނީ ކްލަބާއި ފޭންސްސަޕޯޓަރުންނަށް އަލްވަދާއު ކިޔާފައެވެ. ނަމަވެސް ރަސްމީ ގޮތެއްގައި އެއްވެސް ފަރާތަކުން މާޓިނޭޒް ކުލަބު ދޫކޮށްލާނެކަން ހާމަކޮށްފައެއް ނުވެއެވެ.

ޖާނަލިސްޓް ގަސްޓޯން އެޑުލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މާޓިނެޒްއަކީ މި ޓްރާންސްފަރ ގައި މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރ ރޫބެން އަމޮރިމް ކުލަބަށް އެންމެ ގެންނަން ބޭނުންވާ ކުޅުންތެރިޔާއެވެ. މިރިޕޯޓުގައިވާގޮތުން މެންޗެސްޓަރ ޔުނައިޓެޑުން ވަނީ މިހާރު 32 އަހަރުގެ ގޯލްކީޕަރުގެ ސޮއި ހޯދުމުގެ ރަސްމީ މަޝްވަރާތައް އެސްޓަންވިލާއާއެކު ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްޓަން ވިލާއިން މާޓިނެޒްއަށް 54 މިލިއަން ޑޮލަރުގެ އަގެއް ކަނޑައަޅާފައިވާއިރު، މެންޗެސްޓަރ ޔުނައިޓެޑްއިން ގަބޫލުކުރާ ގޮތުގައި މި އަގު ދަށްކުރުމުގެ ފުރުސަތު އެބައޮތެވެ. ފާހަގަކޮށްލެވޭ ކަމަކީ، މާޓިނެޒް ވަނީ ސައުދީ ޕްރޯ ލީގުން ހުށަހެޅި މިލިއަން ޑޮލަރުތަކުގެ އޮފަރތައް ދޫކޮށްލާފައެވެ. އެހެންކަމުން ބެލެވެނީ މާޓީނޭޒް އަދިވެސް ކުޅެން ބޭނުންވަނީ ޔޫރަޕުގެ މަތީ ފަންތީގައި ކަމަށް ބެލެވެއެވެ.

މިވަގުތު އެސްޓަން ވިލާގެ ޕްރީ ސީޒަން ތަމްރީނުތަކުގައި ބައިވެރިވަމުންދާ މާޓިނެޒްގެ މުސްތަގުބަލާމެދު ވީހާވެސް އަވަހަކަށް ގޮތެއް ނިންމުމަށް ކުޅުންތެރިޔާ އަދި ކްލަބުން ވެސް ބޭނުންވެއެވެ. ނަމަވެސް ޔޫރަޕިއަން ޓްރާންސްފަރ ވިންޑޯ އޮގަސްޓް 31 އާ ހަމައަށް ހުޅުވިފައި އޮންނާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެކަމްގެ ރެކޯޑް ފެނާންޑޭޒް މުގުރާލައި ތާވަލުގެ ތިންވަނައިގައި ޔުނައިޓެޑް ހަމަޖެހިލައިފިކުޅިވަރު | ދުވަހެއް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ކެރިކްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބަލިކުޅިވަރު | 12 ދުވަސް ކުރިންއަހަރު ފެށުނުފަހުން އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައަށްކުޅިވަރު | 15 ދުވަސް ކުރިންބެންޖަމިން ސެސްކޯގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން އެވަަޓަން ބަލިކޮށްފިކުޅިވަރު | 21 ދުވަސް ކުރިން