logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވާދަވެރި މެޗަކަށްފަހު ޓޮޓްނަމްއިން ޔުނައިޓެޑް ދެވަނައަށް އެރިޔަނުދީ ހިފަހަށްޓައިފި

އަބްދުﷲ ޣާނިމް
8 ނޮވެމްބަރު 2025 - 19:46
ވާދަވެރި މެޗަކަށްފަހު ޓޮޓްނަމްއިން ޔުނައިޓެޑް ދެވަނައަށް އެރިޔަނުދީ ހިފަހަށްޓައިފި

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރި ވާދަވެރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެ، ޔުނައިޓެޑަށް ޕްރިމިއަރ ލީގުގެ ދެވަނައަށް އެރުމުގެ ފުރުސަތު ގެއްލިއްޖެއެވެ. ޔުނައިޓެޑުން ފުރަތަމަ ލީޑުނެގި މިމެޗުގެ ފަހުވަގުތު ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މެޗުގެ 96 ވަނަ މިނެޓުގައި ޑިފެންޑަރ މަތީސް ޑިލިޓްއެވެ.

ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރިން ދެ ޓީމަށްވެސް މިމެޗުން މޮޅުވެ ލީގުގެ ދެވަނައަށް އެރުމުގެ ފުރުސަތު ލިބިފައިވެއެވެ. ނަމަވެސް، ހަމަނުޖެހުން ބޮޑު ނިމުމަކަށްފަހު ދެ ޓީމަށްވެސް ހިތްހަމަޖައްސާލަން ޖެހުނީ އެއް ޕޮއިންޓާއެކުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ކުޅުން ވަރަށް ރަނގަޅުވި ނަމަވެސް، ލަނޑު ޖަހާފައިވަނީ 32 ވަނަ މިނެޓުގައި ބްރަޔަން އެމްބިއުމޯއެވެ.

ނަމަވެސް ދެވަނަ ހާފުގައި ސްޕާސްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވިއެވެ. ސްޕާސްއިން އެއްވަރުކުރީ 84 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މެތިސް ޓެލް، ޑެސްޓިނީ އުޑޮޖީގެ ހުރަހަކުން ފޮނުވާލި ބޯޅަ ޑި ލިގްޓްގެ ފައިގައި ޖެހިފައި ގޯލަށް ވަނުމުންނެވެ.

މެޗުގެ 91 ވަނަ މިނެޓުގައި ވިލްސަން އޮޑޯބާޓް ބާރަށް ޖެހި ބޯޅައެއް ރިޗާލިސަން ބޮލުން ޖައްސާލައިގެން ފަހުވަގުތު ޓޮޓްނަމް އިން ތިން ޕޮއިންޓް ލިބޭނެކަމަށް އުއްމީދުކުރިނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ފަހުމިނެޓުގައި ޖެހި ލަނޑާއެކު މެޗު އެއްވަރުވެގެންދިޔައެވެ. މި ލަނޑު ޑި ލިގްޓް ޖެހީ ބްރޫނޯ ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ފަހަތު ޕޯސްޓަށް ވަދެ ބާރަށް ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މިމެޗާއެކު ޔުނައިޓެޑް މިވަގުތު އޮތީ 11 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގައެވެ. އަދި ޓޮޓްނަމް އޮތީ މި އަދަދަށް ޕޮއިންޓް ހޯދައިގެން ތާވަލުގެ 4 ވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ކެރިކްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބަލިކުޅިވަރު | 5 ދުވަސް ކުރިންއަހަރު ފެށުނުފަހުން އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައަށްކުޅިވަރު | 8 ދުވަސް ކުރިންބެންޖަމިން ސެސްކޯގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން އެވަަޓަން ބަލިކޮށްފިކުޅިވަރު | 14 ދުވަސް ކުރިންޔުނައިޓެޑް ޖެހިޖެހިގެން ފަސް މެޗުން މޮޅުވުން ފެއިލްވެ، ސަޕޯޓަރ ޔުނައިޓެޑް ސްޓްރޭންޑްގެ ބޯކޮށުމުގެ އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިން