ޤައުމީ ޓީމުގެ އުއްމީދީ ކުޅުންތެރިޔާ ރާއިދު ނިއުރޭޑިއަންޓަށް
31 އޯގަސްޓު 2025 - 03:07

ރާއްޖޭގެ ޤައުމީ ޓީމުގެ ޑިފެންޑަރު ހަސަން ރާއިދު ނިއުރޭޑިއަންޓްގެ ޓީމަށް ކުޅެން އެއްބަސްވެއްޖެއެވެ. 20 އަހަރުގެ މިކުޅުންތެރިޔާ އެންމެ ފަހުން ނެގި ޤައުމީ ޓިމުގެ ސްކޮޑްގައޮ ހިމެނިފައިވާއިރު، ރާއިދު ވަނީ މިދިޔަ ހުކުރުދުވަހުން ފެށިގެން ޤައުމީ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށާފައެވެ. ޤައުމީ ޓީމު މިހާރު ތައްޔާރުވަމުންގެންދަނީ އަންނަމަހުގެ 6ގައި ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަ ކަޕަށެވެ.
ރާއިދު ނިއުއާއެކު ތިން އަހަރުދުވަހުގެ އެއްބަސްވުމެ ހަދާފައިވާކަން ނިއުރޭޑިއަންޓްގެ މެނޭޖްމަންޓުން ވަނީ މަޢުލޫމާތުދީފައެވެ.

Ad by Hajj Corporation
ޤައުމީޓީމަށް އަލަށްނެގި ރާއިދުއަކީ ރާއްޖޭގެ އަންޑަރ 19 އަށްވެސް ކުޅެދީފައިވާ މުހިންމު ކުޅުންތެރިއެކެވެ. ފ. ނިލަންދޫއަށް ނިސްބަތްވާ މިކުޅުންތެރިޔާގެ ސޮއި ނިއުރޭޑިއަންޓުން މިހޯދީ، ގިނަ ކުލަބުތަކަކުން އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންގެންދިޔަ ދަނޑިވަޅެއްގައެެވެ.
ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބް ނިއުރޭޑިއަންޓުން ކުރިޔަށް ޮތް 2025/26 ވަނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިންގެ ސްކޮޑް އެކުލަވާލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެގޮތުން ނިއު އިން ވަނީ ރާއްޖޭގެ ކުލަބް ފެންވަރުގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭނާއެކު އަލީ އަޝްފާޤު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އާއި އަހުނަފް ރަޝީދު (އަހުއްކޮ) އާއި މުހައްމަދު ނިޒާމް (ޕީކޭ) އާއި މުޙައްމަދު އިރުފާންގެ އިތުރުން ހަސަން ރާއިފް (ހަންނާ) ކުލަބާއި ގުޅުނުކަން އިޢުލާން ކޮށްފައެވެ.
އައު މެނޭޖްމަންޓުން ވަނީ ކުރިޔަށް އޮތް ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ފުޓްބޯޅައިގެ ފޯރިއާއި ޖޯޝު އަލުން ގަލޮޅު ދަނޑަށް ގެނައުމަށް އަމާޒު ހިފާފައެވެ.