logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލު ސިފައިންގެ މީހަކަށް އޮޅިގެން ދެވުނު ހަމަލާއެއްގައި އިސްރާއީލް ސިފައިންގެ އިތުރު މީހަކު މަރާލައިފި

ޢައްފާން މުޙައްމަދު
31 އޯގަސްޓު 2025 - 07:34
އިސްރާއީލޭ ކިޔުނު ޔަހޫދީ ދައުލަތުގެ ނިރުބަވެރި ސިފައިން ---
އިސްރާއީލޭ ކިޔުނު ޔަހޫދީ ދައުލަތުގެ ނިރުބަވެރި ސިފައިން ---

"ފްރެންޑްލީ ފަޔަރ" އެއްގައި އިސްރާޢީލޭ ކިޔުނު ޔަހޫދީ ދައުލަތުގެ ނިރުބަވެރި ސިފައިންގެ މީހަކު މަރުވެއްޖެއެވެ.

"ފްރެންޑްލީ ފަޔަރ" އެއްގައި މީހަކު މަރުވުމަކީ، އެއް އަސްކަރިއްޔާއަކަށް ނިސްބަތްވާ ދެ މީހެއް ނުވަތަ ބައެއްގެ މެދުގައި، ގަސްތަކާއި ނުލައި ދެވޭ ހަމަލާއެއްގައި މީހަކު ނުވަތަ ބަޔަކު މަރުވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ، ދެކުނު ޣައްޒާގެ ސަރަހައްދެއްގައެވެ.

އިސްރާއީލީ މީޑިއާ އައުޓްލެޓަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިކަމާ ގުޅިގެން ހިންގި އިނީޝަލް ތަޙުޤީޤުން ދައްކާގޮތުން، ޔަހޫދީ ސިފައިންގެ މީހާ މަރުވެފައި ވަނީ، އެ ސަރަހައްދުގައި ހުރި ޔަހޫދީ އަސްކަރިއްޔާގެ ފާރަ ޕޯސްޓެއްގައި ހުރި އެ އަސްކަރިއްޔާގެ އެހެން ސިފައިންގެ މީހެއްގެ ހަތިޔާރު އޮޅުމަކުން ޑިސްޗާޖުވެ، އިސްރާއީލް އަސްކަރިއްޔާގެ ލޮކިސްޓިކް ކޮންވޯއިއަކާ ދިމާލަށް ވަޒަން ޖެހުމުންނެވެ.

މަރުވެފައި ވަނީ އެރިއެލް ލުބްލިނަރު ކިޔާ މީހެކެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ އަކީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަދާ ހަމައަށް، މިފަދަ ފްރެންޑްލީ ފަޔަރ ތަކުގައި މަރުވި 900 ވަނަ އިސްރާއީލްގެ ސިފައިންގެ މީހާއެވެ.

Screenshot 2025-08-31 125221.png

އޮޅިގެން މަރާލެވުނު ޔަހޫދީ ސިފައިންގެ މީހާ

 

އަދި އޮޅިގެން ނުވަތަ ހެދޭ ގޯހެއްގެ ސަބަބުން ދެވޭ ހަމަލާތަކުގައި 1,998 އިސްރާއީލު ސިފައިން ޒަހަމްވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ލުބްނާނުގެ ޞަލީބީންގެ ޒަމާނުގެ ކިއްލާއެއް ހިފައިފި، މިއީ 26 އަހަރު ތެރޭގައި އެ ގައުމުގެ އެންމެ އެތެރެއަށް ވަދެގަތް ފަހަރުދުނިޔެ | 12 ދުވަސް ކުރިންއީރާނަށް އަލުން ހަމަލާދޭނެ، އެއީ ޝައްކެތް އޮތް ކަމެއްނޫން: އިސްރާއީލްގެ މީޑިއާދުނިޔެ | 24 ދުވަސް ކުރިންއިސްރާއީލަށް ރެކޯޑް މިންވަރަކަށް އަރައިގަތް މާމުތް ކުޅަނދުތަކާއި މައުރޫފް ރައްމާލްގެ މަރުދުނިޔެ | 2 މަސް ކުރިންއިސްރާއީލުގެ ހުށަހެޅުންތަކަށް ހިޒްބުالله އިން ދެކޮޅު ހަދައިފިދުނިޔެ | 2 މަސް ކުރިން