logo
MPL

MPL

ދުނިޔެ

ޔަމަނުގެ ބޮޑުވަޒީރާއި ބައެއް ވަޒީރުން ޝަހީދުކޮށްލުން: ބަދަލު ހިފާނެކަމުގެ އިންޒާރު ދީފި

އާމިނަތު ޝަފާ
31 އޯގަސްޓު 2025 - 05:03
ޔަމަނުގެ ބޮޑުވަޒީރާއި ބައެއް ވަޒީރުން ޝަހީދުކޮށްލުން: ބަދަލު ހިފާނެކަމުގެ އިންޒާރު ދީފި

ސަހުޔޫނީން ޔަމަނުގެ ސަންއާއަާް ދިން ހަމަލާއެއްގައި އެ ގައުމުގެ ހޫތީ ސަރުކާރުގެ ބޮޑުވަޒީރާއި ބައެއް ވަޒީރުން ޝަހީދުވި ހާދިސާގެ ބަދަލު ފުރިހަމައަށް ހިފާނެކަމުގެ އިންޒާރު ހޫތީން ދީފިއެވެ.

ޔަމަނުގެ ހޫތީ ސަރުކާރުގެ ބޮޑުވަޒީރު އަހުމަދު އަލް-ރަހަވީއާއި ސަރުކާރުގެ ވަޒީރުންތަކެއް ޝަހީދުކޮށްލާފައިވަނީ ބައްދަލުވުމެއްގައި ތިއްބަވަނިކޮށެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދެއް ހޫތީން ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި 12 ވަޒީރަކު ވަނީ ހަމަލާތަކުގައި ޝަހީދުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔަހޫދީން ޣައްޒާގައި ހަމަލާތައް ފެށިފަހުން ރަތް ކަނޑުން ދަތުރު ކުރާ އިސްރާއީލަށް މުދާ އުފުލާ ބޯޓުފަހަރަށް އަމާޒުކޮށް ހޫތީން އަންނަނީ ހަމަލާތައް ދެމުންނެވެ. ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރާ އެ ޖަމާއަތުން ބުނެފައި ވަނީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލައި އެކަށީގެންވާ އެހީ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުން ނޫނީ، އިސްރާއީލާ ގުޅުން އޮންނަ އުޅަނދުފަހަރަށް ރަތް ކަނޑު އަމާން ނުވާނެ ކަމަށެވެ.

މި ހަމަލާތަކުގައި 4 އާގުބޯޓެއް ފައްތާލާފައިވާއިރު ހަމަލާތަކުގެ ސަބަބުން ބައިނަލްއަގްވާމީ ވިޔަފާރިއަށް ބުރޫއަރައި ވިޔަފާރި ދަތުރުކުރާ މަގުތައްވެސް ބަދަލުކުރިއެވެ.

ހޫތީން ބުނަމުން އަންނަނީ ޔަހޫދީން ކިތަންމެ ގިނަ ހަމަލާތަކެއްދިން ނަމަވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދެމުން އަންނަ ހަމަލާތައް ހުއްޓާނުލާނެކަމަށެވެ.

އަދި މި ހަމަލާގެ ސަބަބުން ބޮޑުވަޒީރާއި އިތުރު ވަޒީރުތަކެއް ޝަހީދުވިނަމަވެސް ސަރުކާރުގެ ޒިންމާތައް އަދާނުކުރެވޭނެ ހާލަތެއް ނެތްކަމަށް ހޫތީން ވަނީ ބުނެފައެވެ.

ޔަމަނުގެ ރައީސް މަހްދީ އަލް މަަޝާޠު ވަނީ ބޮޑުވަޒީރުގެ ނައިބު މުޙައްމަދު އަޙްމަދު މުފްތާހަށް ބޮޑުވަޒީރުގެ ޒިންމާތައް ހަވާލުކުރުމަށް މިހާރު އަންގަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން މިޞްރުގެ މަދަދުގާރު އިސްރާއީލުން ޝަހީދުކޮށްލައިފިދުނިޔެ | މަހެއް ކުރިންލުބުނާނުގެ ދެކުނަށް ވަދެގަންނަން އުޅުނު އިސްރާއީލް ސިފައިންނަށް ހިޒްބުﷲއިން ވަރުގަދަ ހަމަލާއެއް ދީފިދުނިޔެ | 2 މަސް ކުރިންއިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކާ ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިދުނިޔެ | 2 މަސް ކުރިންލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރުގަދަވެއްޖެދުނިޔެ | 2 މަސް ކުރިން